ކުޅުދުއްފުށި ސިޓީގެ ރީޖަނަލް ޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 51 އިންސައްތަ ވަނީ ނިމިފައެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ސްޓީލް ސްޓްރަކްޗާގެ އެެސެމްބްލިން މަސައްކަތްތަކެވެ.

މި މަޝްރޫއުގެ ދަށުން، ވޯކްޝޮޕް އިމާރާތަކާއި ވެހިކަލް ގަރާޖެއް ހެދުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ 24.59 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ.