ފަލަސްތީނަށް އެހީވާން އާބަންކޯއިން އަންނަ ހުކުރު ދުވަހު ހާއްސަ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

އެ ކުންފުނިން ބުނީ 1 ޑިސެންބަރު 2023 ވާ ހުކުރު ދުވަހު ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރުއްގަނޑު 2 ގައި ފަންޑް ރެއިޒިން އިވެންޓެއް ކުރިއަށްދާނެ ކަމަށެވެ. މި ހަރަކާތް ކުރިއަށްދާނީ އެ ދުވަހު ހަވީރު 4-6 އަށް އަދި ރޭގަނޑު 8-10 އަށެވެ.

Ad
rt

މިއީ އާބަންކޯގެ މުވައްޒަފުންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ބާއްވާ ފަންޑް ރެއިސިންގް އިވެންޓެކެވެ.

މި އިވެންޓުގައި ބައިވެރިވުމަށް ވީހާވެސް ގިނަ ފަރާތްތަކުން އައުމަށް އާބަންކޯއިން ދައުވަތު އަރުވައެވެ.

އާބަންކޯއިން ވަނީ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް އެކި ފަރާތްތަކުން ބޭއްވި ހަރަކާތްތަކުގައި ވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.