މިއަހަރުގެ އޮކްޓޯބަރު އިމްޕޯޓާއި އެކްސްޕޯޓުން 336 މިލިއަން ރުފިޔާގެ އާމްދްނީއެއް ލިބިއްޖެއެވެ.
ކަސްޓަމްސް އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އާމްދަނީގެ ގޮތުގައިި ލިބުނީ 336 މިލިއަން ރުފިޔާ ލިބުނުއިރު މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު އަށް އިންސައްތައިގެ ދަށްވުމެކެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް 364 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ.
ކަސްޓަމްސަގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް ފަސް ބިލިއަން ރުފިޔާގެ މުދާ އެތެރެ ކުރިއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށަ އެތެރެކޮށްފައިވަނީ 4.2 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.
ތަފާސް ހިސާބުތައް ދައްކައި ގޮތުން، މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީ އާއި އިންޑިއާއިންނެވެ. ދެން އެންމެ ގިނައިން މުދާ އެތެރެކުރީ އޮމާން، މެލޭޝިއާ އަދި ޗައިނާއިންނެވެ. ޔޫއޭއީއާއި އިންޑިއާއިން 732 މިލިއަން ރުފިޔާ ގެ މުދާ އެތެރެކޮށްފައިވާއިރު ޗައިނާއިން 716 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. އަދި އޮމާނުން 688 މިލިިއަން ރުފިޔާގެ މުދާ، މެލޭޝިއާއިން 390 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.
މިދިޔަ މަހު ރާއްޖެއިން 163 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓް ކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު 13 އިންސައްތައިގެ ދަށްވުމެކެވެ.
ރާއްޖެއިން އެންމެ ގިނަ އަދަދެއް ގެ މުދާ އެކްސްޕޯޓް ކުރީ ތައިލޭންޑަށެވެ. އިނގިރޭސިވިލާތާއި ފްރާންސަށްވެސް ގިނަ އަދަދެއްގެ މުދާ ވަނީ އެކްސްޕޯޓް ކޮށްފައެވެ.
ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ ބޮޑު ބައެއް ހިއްސާކުރަނީ މަސްދަޅާއި ފިނިކުރި ކަނޑުމަހެވެ. އެގޮތުން 74 މިލިއަން ރުފިޔާގެ ފިނިކުރި ކަނޑުމަސް އެކްސްޕޯޓުކުރިއިރު 36 މިލިއަން ރުފިޔާގެ މަސްދަޅުވަނީ ވަނީ ރާއްޖެއިން އެކްސްޕޯޓުކޮށްފައެވެ.
މިދިޔަ މަހު ރޯޔަލްޓީގެ ގޮތުގައި 1.89 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!