އުރޯދޫ މޯލްޑިިވްސްގެ ކްލްބް ޕްރީމިއާ ޕާޓްނަރެއްގެ ގޮތުގައި ދަ ޕެރެންޓަލީ އުރީދޫ މޯލްޑިވްސް އާއި ގުޅިއްޖެއެވެ.

އުރީދޫއިން މައުލޫމާތުދޭ ގޮތުގައި މި ޕާޓްނާޝިޕާއެކު ކްލަބް ޕްރިމިއާ މެމްބަރުންނަށް ދަޕެރެންޓަލީ އިން ވިޔަފާރި ކުރާއިރު 10 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ.

Ad
rt

މާލެ ސިޓީ ލިލީ މަގުގައި ހުންނަ "ދަޕެރެންޓަލީ" އަކީ ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުން ތުއްތު ކުދިންނަށާއި ބެލެނިވެރިންނަށް ހާއްސަ ތަފާތު އުފެއްދުންތައް ލިބެން ހުންނަ ވިޔަފާރިއެކެވެ. ތުއްތު ކުދިންނަށް ދުޅަހެޔޮ މުސްތަގުބަލެއް ޤާއިމުކުރުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ދަޕެރެންޓަލީ ގެ މަގްސަދަކީ ތިމާވެއްޓާއި ރައްޓެހި، އޯގެނިކް އަދި ހަންގަނޑަށް ލުއި އުފެއްދުންތަކާއެކު ބެލެނިވެރިންނަށް ފަސޭހަކަމާއެކު އެއްތަނަކުން ވިޔަފާރިކުރުމުގެ ތަޖުރިބާ ފަހިކޮށްދިނުމެވެ.

ތުއްތު ކުދިންނަށް ހާއްސަ މަގުބޫލް އަދި އިތުބާރުހިފޭ ބްރޭންޑްތައް ކަމަށްވާ ކްލެސިކް ވޯލްޑް، މަންޗްކިން، ނެނޯބެބެ، ޓޮމީ ޓިޕީ އަދި ފްރިޑަބޭބީ ފަދަ ބްރޭންޑް ތަކުން ނެރެފާއިވާ ތުއްތު ކުދިންނަށް ބޭނުންވާ ރީތި ވުމުގެ ސާމާނާއި، ކުޅޭ އެއްޗެހީ ގެ އިތުރުން ޑައިޕަރ، ޑައިޕަރ ބޭގް، ސްޓްރޯލާ ފަދަ ގިނަ ބާއްވަތްތަކުގެ ޕްރޮޑަކްޓްތައް ދަޕޭރަންޓްލީ އިން ލިބެންހުރެއެވެ.

މި ޕާޓްނާޝިޕްގެ ސަބަބުން ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް އިތުރު ފައިދާތަކެއް ލިބި، ބެލެނިވެރިންނަށް މި ތަކެތި ލިބިގަތުމުގައި އިތުރު ލުޔެއް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫ މޮބައިލް އަދި ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން 1000 ރުފިޔާ އާއި އެއަށްވުރެ މަތީގެ ޕްލޭންތަކަށް ގެންގުޅޭ ފަރާތްތަކަށް ކްލަބް ޕްރިމިއާ ގެ އިނާޔަތްތަކުގެ ލިބިގެންދާނެއެވެ. ކްލަބް ޕްރިމިއާ ގެ އިނާޔަތްތައް ތިން ޓިއަރަކަށް ބަހާލާފައިވާއިރު، އޭގެ ތެރޭގައި ސިލްވާ، ގޯލްޑް އަދި ޕްލެޓިނަމް ހިމެނެއެވެ. މި ޓިއާތަކުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި މަގުބޫލު ދިވެހި އަދި ބައިނަލްއަގުވާމީ ބްރޭންޑްތަކުން ޑިސްކައުންޓްތަކާއި ތަފާތު އޮފާތައް ލިބިގެންދެއެވެ.

މީގެ އިތުރުން ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޕްރިއޯރިޓީ ޕާސް މެދުވެރިކޮށް އެއާޕޯޓުތަކުގެ ޕްރިމިއަމް ލައުންޖްތަކަށް އެކްސެސް ލިބިގެންދެއެވެ.

ޕެރެންޓަލީގައި ލިބެން ހުރި ޕްރޮޑަކްޓްތައް https://theparently.com/ އިން ބަލާލެވޭނެއެވެ.