އަންނަ އަހަރު އަހަރު އިންޓަ ސްކޫލް، އިންޓަ ކޮލެޖް އަދި އިންޓަ އޮފިސް އީސްޕޯޓްސް މުބާރާތްތައް ބާއްވަން އުރީދޫ ނޭޝަން ގޭމާސް ލޭންޑުން ނިންމައިފިއެވެ.

މިކަން އިއުލާން ކުރެއްވީ އުރީދޫ ނޭޝަން ގޭމާސް ލޭންޑް – ދަ އަލްޓިމޭޓް ގޭމިންގް ފެސްޓިވަލް ނިންމާލުމަށް ބޭއްވި އުރީދޫ ނޭޝަން ގޭމާސް އެވޯޑްސް 2023 ގައި އުރީދޫ ގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒުއެވެ.

Ad
rt

ނިޔާޒު ވިދާޅުވީ ގޭމިން މިހާރު ވަނީ ނިމުމެއް ނެތް ފުރުސަތުތަކުން ފުރިފައިވާ އިންޑަސްޓްރީއަކަށް ބަދަލުވެފައި ކަމަށާއި ޕްރޮފެޝަނަލް ކުޅުންތެރިން ގޭމިންގެ ދުނިޔޭގައި ކުރިއަރަމުން އަންނައިރު އުރީދޫ ނޭޝަން ގޭމާސް އެވޯޑްސް 2023 ގައި ފަހާގަކުރެވިގެން ދިޔައީ ރާއްޖޭގެ ހުނަރުވެރި އީސްޕޯޓްސް ގޭމަރުން ކަމަށެވެ.

އުރީދޫ ނޭޝަން ގޭމާސް ލޭންޑަކީ ފެސްޓިވަލް އެއްގޮތުގައި ރާއްޖޭގައި ބޭއްވުނު ފުރަތަމަ ގޭމިންގް އިވެންޓްކަން ފާހަގަކުރައްވައި ނިޔާޒު ވިދާޅުވީ، އެ އިވެންޓްގެ ކާމިޔާބީ އާއެކު އެކި އުމުރުފުރައިގެ ގޭމަރުންނަށް އިތުރު ފުރުސަތުތައްހުޅުވާލުމަށް އިންޓަ ސްކޫލް، އިންޓަ ކޮލެޖް، އަދި އިންޓަ އޮފިސް އީސްޕޯޓްސް މުބާރާތްތައް ބޭއްވިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ގޭމާސް ލޭންޑް ގެ ތެރެއިން ގޭމިން އިންޑަސްޓްރީގައި ހަރަކާތްތެރިވާ ހުނަރުވެރި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ މަގުސަދުގައި މިއަހަރު ފެށުނު އުރީދޫ ނޭޝަން ގޭމާސް އެވޯޑްސް ވެސް ކޮންމެ އަހަރަކު ކުރިއަށް ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސް ގައި 3 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ގޭމިންގް ފެސްޓިވަލްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އީސްޕޯޓްސްއަށް ޝައުގުވެރިވާ ފަރާތްތަކުން ބައިވެރިވިއެވެ. މި ފެސްޓިވަލްގައި ތަފާތު މުބާރާތްތައް ކުރިއަށް ދިޔައިރު، އޭގެ ތެރެއިން 100،000ރ ގެ ޕްރައިޒް ޕޫލަކާއެކު ކުރިއަށް ދިޔަ ޕަބްޖީ މުބާރާތުގެ ފައިނަލް މެޗުތަކާއި، ޓެކްކަން މުބާރާތުގެ އިތުރުން ފީފާ، ރޭސިންގް ޗެލެންޖް އަދި ކޮސްޕްލޭ ޝޯ ހިމެނެއެވެ.

މި މުބާރާތްތަކުން މޮޅުވި ފަރާތްތަކަށް ފައިސާގެ އިނާމު ދެވިފައިވާ އިރު އުރީދޫ ނޭޝަން އިން ވަނީ ޖުމްލަ 185،000 ރުފިޔާގެ އިނާމު ކުޅުންތެރިންނަށް ދީފައެވެ.

އުރީދޫ ނޭޝަނުން ގޭމިންއަށް ޝައުގުވެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ އައު ފުރުސަތުތަކާ ގުޅުވާލުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން އަރުވައެވެ.