ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ގޭމިން ފެސްޓިވަލް އުރީދޫ ނޭޝަން ގޭމާސް ލޭންޑް ބުރާސްފަތި ދުވަހު ވަނީ ފަށައިފައެވެ.
ރަޖިސްޓްރީކޮށްފައިވާ 350 އަށްވުރެ ގިނަ ބައިވެރިންނާއެކު ކުރިއަށްދާ މި ހަރަކާތުގައި އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ގްރޭންޑް ފިނާލޭ، ކޮސްޕްލޭ، އެފްސީ24، ރޭސިން ސިމް އަދި ޓެކްކެން މުބާރާތް މި ހަފްތާ ބަންދު ތެރޭގައި ކުރިއަށްއެބަދެއެވެ.
ގޭމާސް ލޭންޑް ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފައިވަނީ މި އިވެންޓް ގެ ޝަރަފުވެރި މެހެމާނު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫޙް އަޙްމަދު ސަޢީދާއި، އުރީދޫ މޯލްޑިވްސްގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ބައްސާމް އަލް މޮމާނީއާއި، އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ޙުސައިން ނިޔާޒެވެ.
މި ގޭމިން ފެސްޓިވަލްގައި ބޭއްވޭ މުބާރާތްތަކުން މޮޅުވާ ފަރާތްތަކަށް ބޮޑެތި ފައިސާގެ އިނާމުތަކުގެ އިތުރުން ހުރިހާ އުމުރުފުރައެއްގެ ގޭމަރުންނަށްވެސް މަޖާ އަދި ހިތްގައިމު ތަޖުރިބާއެއް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ޖުމްލަ 185،000 ރުފިޔާގެ ފައިސާގެ އިނާމާއެކު "އުރީދޫ ނޭޝަން - ގޭމާސް ލޭންޑް" ވެގެންދާނީ ރާއްޖޭގައި ގޭމް ކުޅޭ ފަރާތްތަކުގެ އެންމެ ބޮޑު ހަރަކާތަށެވެ.

ޕަބްޖީ މުބާރާތުގެ ފައިނަލް މެޗްތަކުން ވަނަ ހޯދާ ޓީމުތަކަށް ޖުމްލަ 89,000ރ ގެ ފައިސާގެ އިނާމު ލިބިގެންދާއިރު، މުބާރާތުގެ އެހެން ޓޯނަމަންޓްތަކުން ވަނަ ހޯދާ ފަރާތްތަކަށް ލިބޭ ފައިސާ ގެ އިނާމު ބަހާލެވިފައިވަނީ:
• 40،000 ރުފިޔާގެ ޕްރައިޒް ޕޫލަކާ އެކު އީއޭއެފްސީ (ފީފާ)
• 25،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ރޭސިން ސިމް ޗެލެންޖް
• 10،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ޓެކެން މުބާރާތް
• 10،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ކޮސްޕްލޭ މުބާރާތް
ގޭމާސް ލޭންޑަކީ ހަމައެކަނި މުބާރާތްތަކަށްވުރެ ގޭމިންގް ފެސްޓިވަލެކެވެ. ގޭމިން ފެސްޓިވަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކްލޯ މެޝިން ގެ އިތުރުން ވީއާރް ގޭމިންގް ތަޖުރިބާކޮށްލާ މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ކުޅުން ބަލާލާ ރައްޓެހިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެއެވެ. މި ހަފްތާ ބަންދުތެރޭގައި ކުރިއަށް ދާ މި މުބާރާތްތަކުގެ ތެރެއިން ކޮސްޕްލޭ ޗެލެންޖްގައި ބައިވެރި ފަރާތްތަކުގެ ކޮސްޓިއުމްތައް ދައްކާލާ، މިރޭ ގޭމާސް ލޭންޑް ގައި ކުރިއަށް ދާ ހުރިހާ މުބާރާތެއްގެ ވަނަތައް އިއުލާނުކޮށް އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ގޭމާސް ލޭންޑް ގައި ކުރިއަށް ދާ ހަރަކާތްތަކުގައި ބައިވެރިވުމަށާއި ކުޅުންތެރިންނަށް ސަޕޯޓްކުރަން ބޭނުންވާ ފަރާތްތަކުން، ޒިޔާރަތްކުރުމަށް އުރީދޫ ނޭޝަން އިން ދައުވަތު އަރުވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!