ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިން ފެސްޓިވަލް "އުރީދޫ ނޭޝަން ގޭމާސް ލޭންޑް" މިއަދު ހަވީރު ފަށަން ތައްޔާރުވެއްޖެއެވެ.

މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް ގޭމާސް ލޭންޑް ގެ ހަރަކާތްތައް ކުރިއަށްދާނެއެވެ. ގޭމާސް ލޭންޑަކީ މި ހަފުތާ ބަންދުގައި ގޭމިންއަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް އުފާވެރި ގޭމިން ތަޖުރިބާއެއް ކުރެވިގެންދާނެ ފެސްޓިވަލެއް ކަމަށް އުރީދޫއިން ބުންޏެވެ.

Ad
rt

ގޭމާސް ލޭންޑްގެ ހަރަކާތްތައް ކުރިއަށް ދިއުމަށް ރޭވިފައިވަނީ:

ފުރަތަމަ ދުވަސް - އޮކްޓޯބަރު 19
• މެންދުރު ފަހު 3:30 އިން ހަވީރު 4:00 އަށް: ގޭމާސްގެ ލޭންޑް ހުޅުވުމުގެ ރަސްމިއްޔާތު
• ހަވީރު 4:00 އިން 6:00 އަށް: ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް، އީއޭއެފްސީ ފޭސް އޮފް، ޓެކްކެން މުބާރާތް ފަށުން
• ހަވީރު 5:00 އިން 6:00 އަށް: ރޭސިން ސިމިއުލޭޓާ މުބާރާތް ފަށުން
• ރޭގަނޑު 8:00 އިން 11:00 އަށް: ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް، އީއޭއެފްސީ ފޭސް އޮފް، ޓެކްކެން މުބާރާތް، ރޭސިން ސިމިއުލޭޓާ މުބާރާތުގެ މެޗުތައް.

ދެވަނަ ދުވަސް - އޮކްޓޯބަރު 20
• ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް: 100ކޭ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް، އީއޭއެފްސީ ފޭސް އޮފް، ޓެކްކެން މުބާރާތް، ރޭސިން ސިމިއުލޭޓާ މުބާރާތުގެ މެޗްތައް.

ތިންވަނަ ދުވަސް - އޮކްޓޯބަރު 21
• ހެނދުނު 10:00 އިން މެންދުރު 12:00 އަށް އަދި މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް: ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް، އީއޭއެފްސީ ފޭސް އޮފް، ޓެކްކެން މުބާރާތުގެ މެޗުތައް.
• ރޭގަނޑު 8:00 އިން ރޭގަނޑު 9:00 އަށް: ކޮސްޕްލޭ ޝޯޑައުން
• ރޭގަނޑު 9:00 އިން 11:00 އަށް: ނިންމުމުގެ ރަސްމިއްޔާތު

މި މުބާރާތްތަކުގައި ރެޖިސްޓަ ވެގެން ވާދަކުރާ ގޭމަރުންގެ އިތުރުން ގޭމާސް ލޭންޑަށް ޒިޔާރާތް ކުރާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ ހަރަކާތްތައް މި އިވެންޓްގައި ވަނީ ހިމަނާފައެވެ. އޭގެތެރޭގައި:

• ވީއާރް އެކްސްޕީރިއަންސް ސެންޓަރު: އޮކިއުލަސް ސްޓޭޝަންގައި ވާޗުއަލް ރިއަލިޓީގެ ދުނިޔެއަކަށް ޒިޔާރަތްކޮށް ތަފާތު ގޭމްތައް ކުޅުވޭނެއެވެ. ފަސް މިނެޓަށް އެންމެ 25 ރުފިޔާ އަދި 10 މިނެޓަށް 40 ރުފިޔާއަށް، އޮކިއުލަސް ގެ ގޭމުތައް ތަޖުރިބާކޮށްލެވޭނެއެވެ.

• ކްލޯ މެޝިން: އެންމެ 20 ރުފިޔާއަށް ކްލޯ ކޮއިން އެއް ލިބޭއިރު ކްލޯ މެޝިނުން އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

• ކާބޯތަކެތީގެ ސްޓޯލްތައް: ޔޯގާބާ، ކޮކާކޯލާ، އީޓޫއެސް ފުޑް ސްޓޯލް، ވީއާރް ކެފޭ ސްޓޯލް ފަދަ ސްޓޯލް ތަކުން ތަފާތު ކާބޯތކެތި ވެސް ލިބެން ހުންނާނެއެވެ.

މި ގޭމިންގް ފެސްޓިވަލް ގައި ބައިވެރިވުމަށް އުރީދޫ ނޭޝަން އިން ހުރިހާ ގޭމަރުންނަށާއި ގޭމު ކުޅުމަށް ޝައުގުވެރިކަން ހުންނަ ހުރިހާ ފަރާތްތަކަށް ދައުވަތު އަރުވައެވެ.