ބޭންކް އޮފް މޯލްޑިވްސް އިން މާސްޓަކާޑު ގެންގުޅޭ ކަސްޓަމަރުންނަށް ހާއްސަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަންއެއް މިއަދު ފަށައިފިއެވެ.

މާސްޓަކާޑު ޑެބިޓް ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް ޕްރޮމޯޝަން ގެ މުއްދަތުގައި 2،500 ރުފިޔާއަށް ވުރެ މަތިން ވިޔަފާރި ކޮށްގެން 500 ރުފިޔާ އާ ހަމައަށް ވައުޗަރު ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

Ad
rt

މީގެ އިތުރުން މާސްޓަކާޑު ކްރެޑިޓް ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް ޕްރޮމޯޝަން ގެ މުއްދަތުގައި މާސްޓަކާޑު ބޭނުންކޮށްގެން 3،000 ރުފިޔާ އާ ހަމަޔަށް ހަދާ ޓްރާންސެކްޝަންތަކަށް 600 ރުފިޔާ ގެ ވައުޗަރެއް ލިބޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ 14 ނޮވެންބަރު 2023 ގެ ނިޔަލަށެވެ.

ބީއެމްއެލުން އަންނަނީ އެ ބޭންކުގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތަފާތު އެކި ޕްރޮމޯޝަންތައް ހިންގަމުންނެވެ.