އަންނައަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާލޭގެ ދާއިރާއަކަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަހްމަދު މުއިއްޒުގެ ފާޅުކުރައްވައިފިއެވެ.
އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާލޭގެ ދާއިރާއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ވިސްނުން އެބަ ގެންގުޅެން ކަމަށެވެ.
އެހެންމަވެސް މާލޭގެ ކޮން ދާއިރާއަކަށް ކަމެއް ސީދާ ވިދާޅުވެފައެއް ނުވެއެވެ.
އަންނައަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާކަން ހާމަކުރައްވާފައިވާއިރު، އޭނާ ވަނީ މީގެކުރިން ވެސް ދެ ފަހަރެއްގެ މަތީން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ތިލަދުންމަތީ ދެކުނު ބުރި / ހއ. ގެ މެންބަރުކަން ވެސް ކުރައްވާފައެވެ.
އާންމުގޮތެއްގައި ސިޔާސީ ވާހަކަ އެހާބޮޑަށް ނުދައްކަވާ މުއިއްޒަކީ ގާނޫނީ ވަކީލު ކަމާއި ބާ ކައުންސިލްގެ މެންބަރުކަން އަދި ކުރީގެ ޖިނާއީ ކޯޓްގެ އިސް ގާޟީގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމާއި ބަންޑާރަ ނައިބު އޮފީހުގެ އިސް ގިނަ މަގާމުތަކެއް ވެސް ވަނީ އަދާކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!