އީ ކޮމާސް ޕްލެޓްފޯމް، މޫލީ އިން "ޑިވައިސް ފްލޭޝް ސޭލް" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަންއެއް ފަށައިފިއެވެ.
މި ޕްރޮމޯޝަންގެ ދަށުން ދިވެހިންގެ މެދުގައި މަގްބޫލް ބްރޭންޑްތަކުގެ ސްމާޓްފޯނާއި އެކްސެސަރީޒް، ޑިސްކައުންޓާ އެކު ހެޔޮ އަގުގައި ކަސްޓަމަރުންނަށް ލިބެން ހުންނާނެއެވެ.
މި ޕްރޮމޯޝަނުގައި، އެޕަލް މެގްސޭފް ޗާޖަރު، އައިޕެޑް، މެކްބުކް ޕްރޯ، އައިފޯން 13، 12 އަދި 11 ގެ ޕްރޯ މެކްސް، އައިފޯން އެކްސް އެސް، ގެ އިތުރުން ސެމްސަންގް ގެ މަގްބޫލް ފޯނުތައް ލިބެން ހުންނާނެއެވެ.
މި ޕްރޮމޯޝަންގެ ދަށުން ލިބެންހުރި ޑިވައިސްތައް، މިހާރު 7 އިންސައްތައގެ ޑިސްކައުންޓާ އެކު މޫލީ ވެބްސައިޓް www.moolee.mv މެދުވެރިކޮށް މިހާރު ލިބެން ހުންނާނެއެޗެ.
މޫލީ މެދުވެރިކޮށް ވިޔަފާރި ކުރުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށް މުޅިން ހިލޭ ޑެލިވަރވެސް ކޮށްދޭނެއެވެ. މިއީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިތުބާރުހިފޭ ކޮލިޓީ ޕްރޮޑަކްޓް ހެޔޮ އަގުގައި ކޮންމެތާކު ކޮންމެވަގުތެއްގައިވެސް ފަސޭހަކަމާއެކު ވިޔަފާރިކޮށްލެވޭނެ ފުރިހަމަ ޕްލެޓްފޯމެކެވެ.
މި ޕްލެޓްފޯމްގެ ޚާއްސަ އަނެއްކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއި އެކު ކުރިޔަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުޞަތު ފަހިވެ، ޑެލިވަރީ ޚިދުމަތް ލިބުމެވެ. މި ޚިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުޞަތުވަނީ ފަހިވެފައެވެ.
ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ޚިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީއިންވަނީ އެ ފުރުސަތު ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!