އަންނަ 2024 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީން 5 ދާއިރާއަކަށް ވާދަކުރަން މަޝްވަރާކޮށްފިއެވެ.

އެކަން ޓްވިޓާ ގައި ހާމަކުރެއްވީ އެޕާޓީގެ ތަރުޖަމާނު، ހޯމު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރުއެވެ.

Ad
rt

އޭނާ ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވީ ރޭ ބޭއްވުނު ޢަދާލަތު ޕާޓީގެ އިދާރީ މަޖިލީހުގެ ބައްދަލުވުމުގައި 2024 ވަނަ އަހަރު ބޭއްވޭ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 5 ދާއިރާއަކަށް ވާދަކުރުމާމެދު މަޝްވަރާ ކުރެވުނު ކަމަށެވެ.

މީގެ އިތުރުން މިކަމާމެދު ގޮތެއް ނިންމުމުގެކުރިން ގޮފިތަކާއި ދާއިރާތަކާ އިތުރަށް މަޝްވަރާކުރުމަށް ވެސް އެއްބަސްވެވުނު ކަމަށެވެ.

އަދާލަތު ޕާޓީއަކީ މިހާރުވެރިކަން ކުރާ ކޯލިޝަންގެ މައިޕާޓީއެކު މިހައިތަނަށް ދެމިއޮތް ޕާޓީއެކެވެ. އަދި ނިމިދިޔަ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ކެމްޕެއިން ކުރުމުގައި ވެސް އަވަދިނެތި އުޅުނު ޕާޓީއެކެވެ.