ފަލަސްތީނަށް އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި އެ ގައުމަށް އެހީވާން ބޭނުންވާ ފަރާތްތަކަށް އުރީދޫ މޯލްޑިވްސްގެ އެމްފައިސާ މެދުވެރިކޮށް ޑޮނޭޓް ކުރެވޭގޮތް ހަދައިފިއެވެ.

އުރީދޫއިން މި ހިދުމަތް ތައާރަފު ކޮށްފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭނާ ގުޅިގެންނެވެ.

Ad
rt

ފަލަސްތީނަށް އެހީވާން ބޭނުންވާ ފަރާތްތަކަށް އެމްފައިސާއަށް ލޮގިންވުމަށްފަހު ސްމާޓްޕޭއަށް ގޮސް ކިޔުއާރު ކޯޑު ސްކޭންކޮށްގެން ނުވަތަ މާޗަންޓުގެ ނަންބަރު ޖަހައިގެން ޑޮނޭޓް ކުރެވޭނެއެވެ.

ދިވެހިންނަކީ އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާ ބައެކެވެ. އެމްފައިސާ މެދުވެރިކޮށް އެ ފަރާތްތަކަށް ފައިސާ ފޮނުވަން އިތުރު ލުއިފަސޭހަތަކެއް ވަނީ ލިބިގެންގޮސްފައެވެ.

ޔަހޫދީ އިޒްރޭލުން ދެމުން އަންނަ ހަމަލާތައް ހުއްޓާލައި ފަލަސްތީން އަނބުރާ އެ ޤައުމުގެ ރައްޔިތުންނާ ހަވާލުކުރުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އާއި ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ވެސް ވަނީ ގޮވާލާފައެވެ.