ކަސްޓަމަރުންނަށް ހާއްސަ ލަކީޑްރޯއަކާއެކު އާބަންކޯއިން ބައިނަލްއަގުވާމީ ކަސްޓަމަ ސާވިސް ހަފުތާ ފާހަގަކުރަން ފަށައިފިއެވެ.

މި ހަފުތާ ފާހަގަކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 8 ން 12 އަށެވެ. މި މުއްދަތުގެ ތެރޭގައި އާބަންކޯއިން ހިދުނަތް ހޯދާ ކަސްޓަމަރުންގެ މެދުގައި ލަކީޑްރޯއެއް ބާއްވާނެއެވެ.

Ad
rt

މި ލަކީޑްރޯގައި ތިން ނަސީބުވެރިން ހޮވާނެއެވެ. މި ތިން ނަސީބުވެރިންނަށް ކުޑަގިރިއަށް ހިލޭ ދަތުރެއް ވަނީ ހުށަހަޅައިފައެވެ.

އާބަންކޯއިން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ފުރިހަަމަ ހިދުމަތެއް ދިނުމުގައި ކަސްޓަމަ ސާވިސް ޓީމުން ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.