ޅ. ނައިފަރު ބިން ހިއްކުމުގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 141,299,506.08 ރުފިޔާއަށެވެ.
މި މަޝްރޫއުގެ ދަށުން 20.95 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އަދި، 359 މީޓަރު ރިވެޓްމަންޓް ޖެހުމާއި، 1600 މީޓަރު ބޭރުތޮށި ލުމާއި، 180 މީޓަރު ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
ސަރުކާރުން އެމްޓީސީސީއަށް މި މަޝްރޫއުގެ މަސައްކަތް ނިންމަން ދީފައިވަނީ 330 ދުވަހުގެ މުއްދަތެކެވެ.
މި މަޝްރޫއުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އީއައޭ ހެދުމަށްފަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!