ނ. ވެލިދޫ ޕިކްނިކް އައިލެންޑް ހެދުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެންޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މިއަދު އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.

Ad
rt

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 20,693,664.00 ރުފިޔާއެވެ.

މި މަޝްރޫޢުގެ ދަށުން 1.5 ހެކްޓަރުގެ ބިން ހިއްކުމާއި، 412 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމަންޓް ޖެހުމާއި، 50 މީޓަރުގެ ރޮކް ބޯލްޑަ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

މި މަސައްކަތް ނިންމަން ދީފައިވަނީ 180 ދުވަހުގެ މުއްދަތެކެވެ.