ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި ވިލިމާލެ އިންޖީނުގެއާ ޖެހިގެން އޮތް ބިން ސްޓެލްކޯއަށް ނުދޭން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މިގޮތަށް ނިންމީ މިއަދު އޮތް މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 111 ވަނަ ރަސްމީ އާއްމު ޖަލްސާގަ އެވެ.
ސްޓެލްކޯއިން ވަނީ ވިލިމާލޭގެ ކަރަންޓު ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ޓްރާންސްފޯމަރެއް ބެހެއްޓުމުގެ ގޮތުން އެ ރަށު އިންޖީނުގެއާ އިން ވެގެން އޮންނަ ބިމުން 30 ފޫޓު 30 ފޫޓުގެ ބިމެއް ބޭނުންވާކަމަށް ބުނެ ކައުންސިލަށް ސިޓީއެއް ފޮނުވާފަ އެވެ. އަދި އެ ކުންފުނިން ވަނީ އެ ބިން ދޫކުރުމަށް ކައުންސިލަށް އެދިފަ އެވެ.
ސްޓެލްކޯގެ އެކިއެކި މަސައްކަތްތައް ކުރުމަށްޓަކައި ބޭނުންވާ ހުއްދަތައް ދިނުމުގައި ސިޓީ ކައުންސިލުން ފަސްޖެހޭތީ އެ ކުންފުނިން އަބަދުވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް, ސިޓީ ކައުންސިލުން ފާހަގަކުރާ ގޮތުގައި އެފަދަ ލަސްވުންތައް އަންނަނީ ސްޓެލްކޯއިން އަމަލުކުރާ ގޮތުގެ ސަބަބުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!