އދ. އޮމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމު ތޮށި ޖެހުމުގެ މަސައްކަތް ފަށައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތް ފަށާފައިވަނީ އެއްގަމު ތޮށީގެ ބްލޮކްގެ ފުރަތަމަ ޝިޕްމެންޓް ސައިޓަށް ގެންދިއުމަށްފަހުއެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން، 49,765 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 12,105 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރާނެއެވެ. އަދި 346 މީޓަރުގެ އެއްގަމުތޮށި ލުމާއި، 398 މީޓަރުގެ ބޭރުތޮށި ލުމާއި، 208 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ކޮށްދޭނެއެވެ.

މީގެ އިތުރުން، 1,6470 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، 150 މީޓަރުގެ ދިގު 2 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 66.96 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.