‏ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށްނޫން، އެހެން ތަނެއްގައި ވޯޓުލުމަށް، ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތު މިއަދު ހަވީރު 5 ޖެހުމާއި ހަމައަށް ހަމަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހަނދާންކޮށްދީފިއެވެ.

އެ ކޮމިޝަނުން ވިދާޅުވީ ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު މާދަމާ (އޮގަސްޓު 5 ވާ ހޮނިހިރު ދުވަހު) ގެ ނިޔަލަށް ހަމަވާނެ ކަމަށާއި އެ ފުރުސަތު ދެން އިތުރު ނުކުރެވޭނެ ކަމަށެވެ.

Ad
rt

ރީ-ރަޖިސްޓްރޭޝަނަށް އިތުރު މުއްދަތު ދެވެންނެތީ އިންތިހާބުގެ މަސައްކަތްތަކުގެ އިންތިޒާމުތަކަށް ބުރޫއަރާނެތީ ކަމަށް ވެސް އީސީ އިން ވިދާޅުވެއެވެ.

އެހެންނަމަވެސް މިހާރު ރަޖިސްޓްރީކޮށްފައިވާ ތަނުގައި ވޯޓުފޮށްޓެއް ނުބެހެއްޓޭ ހާލަތުގައި އެފަދަ ފަރާތްތަކަށް ދެވަނަ ފުރުސަތެއް ލިބޭނެ ކަމަށާއި އެކަމަކު އެގޮތަށް ދިމާވާނީ ރާއްޖޭން ބޭރާއި ރިސޯޓްތަކަށް ރީ-ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަނި ކަ.

އެހެންކަމުން ވޯޓުދިނުމުގެ ހައްގު ލިބިފައިވާ ކޮންމެ މީހަކު ވެސް 1414 އަށް ގުޅުއްވައިގެން ނުވަތަ މެސެޖު ކުރައްވައިގެން، އެ މީހަކު މިހާރު ރަޖިސްޓަރީ ވެފައިވާ ތަން ޗެކް ކުރުމަށް ވަނީ އެދިލައްވާފައެވެ. އަދި މިހާރު ރަޖިސްޓަރީ ވެފައިވަނީ ވޯޓުލާ ދުވަހު ހުންނަ ރަށް، ނޫން ކަމަށްވާނަމަ، ވޯޓުލާން ބޭނުންވާ ތަނަކަށް، އަވަހަށް ރީ-ރަޖިސްޓްރީ ކުރެއްވުމަށް ވެސް ވަނީ އެދިފައެވެ.

އީސީ އިން ވަނީ އެންމެ ފަހުވަގުތަށް މަޑުނުކުރައްވާ، ރީ-ރަޖިސްޓްރީ ގެ ކަންތައްތައް ނިންމެވުމަށް، ހުރިހާ ފަރާތްތަކަށާއި ކެންޑިޑޭޓުންނަށް އަދި ސިޔާސީ ޕާޓީތަކަށް އިލްތިމާސް ކޮށްފައިވެއެވެ.