އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން އެ ކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ތައާރަފު ކޮށްފިއެވެ.
އުރީދޫއިން ވަނީ އެ ކުންފުނީގެ އަގުހުރި ކަސްޓަމަރުންނާއި ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފައެވެ.
"ދިވެހިންގެ ޚިދުމަތުގައި ކާމިޔާބު 18 އަހަރުގެ މި ދަތުރަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި ޕާޓްނަރުންގެ އިތުބާރާއި ލޯތްބާއެކު ކުރި ދަތުރެއް. މި ކާމިޔާބު ހޯދުމުގައި މެދުކެނޑުމެއްނެތި ކަސްޓަމަރުންގެ ފަރާތުން އަޅުގަނޑުމެންނަށް ލިބޭ އެއްބާރުލުމާއި، ތަރުހީބާއި ހިތްވަރަށް ފަށްފަށުން ޝުކުރުއަދާކުރަން. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމަޢުތަކުގެ ދިރިއުޅުން މުއްސަނދިކޮށް އާ ފުރުސަތުތަކާ ގުޅުވާލަދީ ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން" އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ.
އުރީދޫ ގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އުރީދޫއިން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް ވަރަށް ހާއްސަ އޮފާތަކެއް ތައާރަފުކޮށްފައެވެ.
ތްރޮޓްލް ނުވާ، އަންލިމިޓެޑް ސުޕަނެޓް ޕްލޭން:
މި އައު ފައިބަ ސުޕަނެޓް ޕްލޭނަކީ ތްރޮޓްލް ނުވާ އަންލިމިޓެޑް ސުޕަނެޓް ޕްލޭނެކެވެ. މުޅި މަހު 18 އެމްބީޕީއެސް ސްޕީޑާއެކު މެދުނުކެނޑި އިންޓަނެޓް ގެ ހިދުމަތް ލިބޭއިރު މި ޕްލޭނަށް މަހަކު ދައްކަން ޖެހެނީ އެންމެ 599 ރުފިޔާއެވެ.
އުރީދޫ ގެ އަހަރީ ދުވަހާ ގުޅުވައިގެން ތައާރަފްކުރެވުނު މި އައު ޕްލޭން ފަރުމާކޮށްފައި ވަނީ މެދުކެނޑުމެއްނެތި، އިންޓަނެޓް ބްރައުޒްކޮށް، ސްޓްރީމްކޮށް އަދި ގޭމުކުޅޭ ފަރާތްތަކަށްވެސް އެކަށޭނެހެންނެވެ. މި ޕްލޭން http://ore.do/supernetunlimited އިން އެކްޓިވޭޓް ކުރެވޭނެއެވެ.
އެއްފަހަރާ ގިނަ މަސްތަކަށް އުރީދޫ ޕޯސްޓްޕެއިޑް ބިލް ދައްކައިގެން ބޮޑު ޑިސްކައުންޓެއް!
އެއްފަހަރާ ގިނަ މަސްތަކަށް އުރީދޫ ޕޯސްޓްޕެއިޑް ބިލް ދައްކާލުމުން ކޮންމެ މަހަކު ބިލް ދައްކަން ނުޖެހުމުގެ ލުއިފަސޭހައިގެ އިތުރުން ބޮޑެތި ޑިސްކައުންޓާއި ބޯނަސް ޑޭޓާ ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މި ފައިދާތަކަކީ ދުނިޔޭގައި ކުރިއަރާފައިވާ ކުންފުނިތަކަށާއި ޕްލޭޓްފޯމްތަކަށް ބަލާލިކަމުގައި ވިޔަސް އެއްފަހަރާ ދިގު މުއްދަތަކަށް ސަބްސްކްރައިބްކުރާ ނުވަތަ ފައިސާ ދައްކާ ކަސްޓަމަރުންނަށް ޚާއްސަ ރޭޓްތަކުގެ އިތުރު ފައިދާތައް ލިބެއެވެ.
އުރީދޫ އާޗާ ޕޯސްޓްޕެއިޑް އަދި ނެޓުހެޔޮ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މިހާރު އެއްފަހަރާ 3 މަހަށް، 6 މަހާއި 12 މަހަށް ނުވަތަ 24 މަސް ދުވަހަށް ޕޯސްޓްޕެއިޑް ބިލް އެއްފަހަރާ ދެއްކުމަށް ޚިޔާރުކުރާ ކަސްޓަމަރުންނަށް މެދުކެނޑުމެއްނެތި އިންޓަނެޓްގެ ޙިދުމަތް ލިބުމުގެ އިތުރުން ބިލުން ބޮޑު ޑިސްކައުންޓެއް ވެސް ލިބިގެންދާނެއެވެ.
އެގޮތުން ލިބޭ ދިސްކައުންޓަށް ބަލާއިރު:
• 3 މަސް ދުވަހަށް ބިލް ދައްކާ ފަރާތްތަކަށް %5 ޑިސްކައުންޓް
• 6 މަސް ދުވަހަށް ބިލް ދައްކާ ފަރާތްތަކަށް %10 ޑިސްކައުންޓް
• 12 މަސް ދުވަހަށް ބިލް ދައްކާ ފަރާތްތަކަށް %15 ޑިސްކައުންޓް
• 24 މަސް ދުވަހަށް ބިލް ދައްކާ ފަރާތްތަކަށް %20 ޑިސްކައުންޓް
މީގެ އިތުރުން މި ޕޭމަންޓް ޕްލޭން ޚިޔާރުކުރާ ކަސްޓަމަރުންނަށް ތިން މަސް ދުވަހަށް ކޮންމެ މަހަކު 18 ޖީބީ ބޯނަސް ޑޭޓާ އާއެކު އިންޓަނެޓް ގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެއެވެ. އުރީދޫ ޕޯސްޓްޕެއިޑް ޕެކޭޖްތައް http://ore.do/payless އިން ބަލާލެވޭނެއެވެ.
މުޅި މަހަށް 1ޓީބީ ޑޭޓާ، 100އެމްބީޕީއެސް ސްޕީޑާއެކު 5ޖީ އެއަރފައިބަރ ގެ އައު ޕްލޭނެއް!
5ޖީ އެއާފައިބާ މެދުވެރިކޮށް 100 އެމްބީޕީއެސް ސްޕީޑާއެކު 250 ޖީބީ ލިބޭ މި ޕްލޭނަކި ކޮންމެ ހަފުތާއަކު 250 ރުފިޔާއަށް އެކްޓިވޭޓް ކުރެވޭ ޕްލޭނެކެވެ. ގޭމިން ކޮމިއުނިޓީއަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މި ގޭމިން ޕެކް މެދުވެރިކޮށް ޕެކޭޖް އިންކްލޫސިވް ޑޭޓާ އެއްކޮށް ބޭނުން ކުރުމަށް ފަހުވެސް އިންޓަނެޓްގެ ހިދުމަތް މެދުނުކެނޑި ލިބިގެންދެއެވެ.
އުރީދޫ 5ޖީ އަދި 4ޖީ ނެޓްވޯކްގެ ހަލުވި ސްޕީޑާއެކު ކަސްޓަމަރުންނަށް ހަފުތާއަކު 250 ރުފިޔާ ޓޮޕްއަޕްކޮށް މުޅި މަހަށް 1 ޓީބީ ޑޭޓާ ލިބޭނެއެވެ. މި ޕްލޭން http://ore.do/5gamers އިން އެކްޓިވޭޓް ކުރެވޭނެއެވެ.
އުރީދޫ ނޭޝަން ގޭމްސް ކްލަބް:
ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކާ ދިވެހި މުޖުތަމައު ގުޅާލުމަށް އުރީދޫއިން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން، އުރީދޫ ނޭޝަން ކްލަބް ވަނީ ތައާރަފްކޮށްފައެވެ. އުރީދޫ ނޭޝަން ވެބްސައިޓް މެދުވެރިކޮށް ވަދެވޭ މި ގޭމްސް ކަލަބްގައި، ޑިޒްނީ ބްރޭންޑްގެ ގޭމްތަކުގެ ހިތްގައިމު ކަލެކްޝަނަކާއެކު 100 އަށްވުރެ ގިނަ ގޭމުތައް ކުޅެވޭނެއެވެ. ވަރަށް ހެޔޮ އަގެއްގައި މި ހިދުމަތް ލިބޭ އިރު ކަސްޓަމަރުންނަށް ޑެއިލީ، ވީކްލީ އަދި މަންތްލީ މި ޕްލޭންތައް ނެންގެވޭނެއެވެ.
• ޑެއިލީ ސަބްސްކްރިޕްޝަނަށް: 24 ގަޑިއިރަށް 2 ރުފިޔާ
• ވީކްލީ ސަބްސްކްރިޕްޝަނަށް: 7 ދުވަހަށް 10 ރުފިޔާ
• މަންތްލީ ސަބްސްކްރިޕްޝަނަށ: 30 ދުވަހަށް 20 ރުފިޔާ
ޕްރީޕެއިޑް ކަސްޓަމަރުންނަށް ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށް ސަބްސްކްރިޕްޝަން ފީ ދެއްކޭއިރު، ސަބްސްކްރިޕްޝަން ފީ ޕޯސްޓްޕެއިޑް ބިލަށްވެސް އެއްކޮށްލެވޭނެއެވެ. މި ޕެލެޓްފޯމަށް ސަބްސްކްރިބް ކުރާ ފަރާތްތަކަށް އޮޓޯއިން ސަބްސްކްރިޕްޝަން އައު ވާ ގޮތަށްވެސް ހަދާލެވޭނެއެވެ. http://ore.do/gameclub އިން ސަބްސްކްރައިބް ކުރެވޭނެއެވެ.
ދިވެހި ރައްޔިތުންނަށް ދޭ އަހައްމިއްޔަތުކަމުގެ ޔަގީންކަން އަރުވައި، ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީތަކާއި، ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް، އާ ފުރުޞަތުތަކަކަށް މީހުން ގުޅުވައިދީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް ހިނިތުންވުން ގެނެސްދިނުމުގައި ދެމިއޮންނާނެކަމުގެ ޔަޤީންކަން އުރީދޫ މޯލްޑިވްސް އިން އަރުވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!