ހއ. ބާރަށުގެ ނެރު އަދި ބަނދަރު ސަރަހައްދު ފުންކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 70 އިންސައްތަ ވަނީ ނިމިފައެވެ.

Ad
rt

މި މަޝްރޫއުގެ ނެރު ފުންކުރުމުގެ މަސައްކަތާއި ބަނދަރު ސަރަހައްދު ފުންކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މި ހަފުތާ ތެރޭ ފެށިގެން ދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން، 49,437.5 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 8,600 ކިއުބިކް މީޓަރުގެ ބަނދަރު ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން، 460 މީޓަރުގެ ސަރަހައްދުގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 14.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.