ދިވެހި ބްރޭންޑްތައް ކަމަށްވާ ތަކެތި، މާހި މަހީ ބުކްސް، ޕެޕާ ޑޮޓްސް، ކައިޝީ އަދި ލުއިކާނާ ފަދަ ބްރޭންޑްތަކުން ޑިސްކައުންޓު ލިބޭ “މޫލީ މިނިވަން ސޭލް” ފަށައިފިއެވެ.

މި ސޭލްގައި ހާއްސަ ޑިސްކައުންޓާ އެކު މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ހިދުމަތް ވެސް ލިބޭނެއެވެ. މޫލީ މިނިވަން ސޭލްގައި ހިމަނާފައިވާ ދިވެހި އުފެއްދުންތަކުން 10 އިންސައްތަ ޑިސްކައުންޓު ލިބިގެންދާނެއެވެ.

Ad
rt

މި ސޭލް ކުރިއަށްދާނީ 31 ޖުލައި 2023 ގެ ނިޔަލަށެވެ.

ތަކެތި

"ތަކެތި" އަކީ ހުރިހާ އުމުރެއްގެ ކުދިންނަށް ހާއްސަކޮށްގެން އިންޓަރެކްޓިވް ތައުލީމީ ޕްރޮޑަކްޓްތަކެއް ފޯރުކޮށްދޭ ވިޔަފާރިއެކެވެ. ކުޑަކުދިންގެ ފޮތްތަކުން ފެށިގެން ތައުލީމީ ގޭމުތަކާއެކު ކުޑަކުދިންގެ ވިސްނުން އިތުރަށް މުއްސަނދިކޮށްދޭ ޕްރޮޑަކްޓްތައް ތަކެތިން ވަނީ މާކެޓަށް ނެރެފައެވެ.

ތާނާ ކޯޑި، އަލިފް ބާ ޕޯސްޓަރު، އަހަރެންނަކީ ފެހުރިސޭ ފަދަ އުފެއްދުންތައް މިހާރު މިނިވަން ސޭލް މެދުވެރިކޮށް ލިބޭނެއެވެ.

މާހީ މާހީ ބުކްސް - ދިވެހި ތައުލީމީ ފޮތްތައް

މާހީ މާހީ ބުކްސް އަކީ ކުޑަކުދިންނަށް ހާއްސަކޮށްގެން ދިވެހި ތައުލީމީ ފޮތްތަކުގެ ޚަޒާނާއެއް ގެނެސްދޭ ވިޔަފާރިއެކެވެ. ރާޅެއް ލިބެއިތޯ، ހުރިހާ އެއްޗެއް ހެއްދެވީ الله، ފަދަ މަގުބޫލު ފޮތްތައް މާހީ މާހީ އިން ލިބެން ހުންނާނެއެވެ.

ޕެޕަރ ޑޮޓްސްއާއެކު ކަނޑުގެ ރީތިކަން:

ޕެޕަރ ޑޮޓްސް އަކީ ކަނޑުއަޑީގެ ދިރުންތަކުން އިންސްޕަޔާވެގެން އަތުގައި އަޅާ ކެވެލި، ކީ ޓެގް، ސޮފްޓް ޓޯއީސް، ޕަޒްލް އަދި ފާރުގައި އަޅުވައި ތެކެތި ފަދަ ހިތްގައިމު ކަލެކްޝަނެއް ނެރެފައިވާ ވިޔަފާރިއެކެވެ. އެ ވިޔަފާރީގެ ކޮންމެ ޕްރޮޑަކްޓަކީ ވެސް ތަފާތު އަދި ދިވެހި ވަންތަކަން ދައްކުވައިދާ ގޮތަށް ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ.

ދުޅަހެޔޮ އިސްތަށިގަނޑެއް އަދި ހަންގަނޑު އޮމާންކޮށް ބެހެއްޓުމަށް ކައިޝީ ކާށި ތެޔޮ!

ފެންވަރު ރަނގަޅު އަދި ހެޔޮ އަގުގައި ކާށި ތެޔޮ ފޯރުކޮށްދޭ މަޝްހޫރު ދިވެހި ވިޔަފާރި ކަމަށްވާ ކައިޝީ ގެ ކާށި ތެލަކީ ދުޅަހެޔޮ އިސްތަށިގަނޑާއި ހަމުގެ ރީތިކަން ދެމެހެއްޓުމަށް މަގުބޫލުކަން ހޯދާފައިވާ ތެލެކެވެ.

ލުއިކާނާއާއެކު ދިވެހި ރަހަތައް!
ދިވެހި ރަހަތައް އުފައްދާ މަޝްހޫރު ކުންފުނި ލުއިކާނާ އިން ކުދި ގުޅަ، ކުޅި ކަޖާ، އަތުޖެހި، މުރު މުރު، ފޮނި މާ، ބޮނޑި ފަދަ އުފެއްދުންތައް ލިބޭނެއެވެ.

މޫލީ މިނިވަން ސޭލް ކުރިއަށްދާނީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ސޭލުން ދިވެހި އުފެއްދުންތައް ގަންނަން ބޭނުންވާ ފަރާތްތަކަށް https://mool.ee/minivansale މެދުވެރިކޮށް ގަނެވޭނެއެވެ.