އިލެކްޝަންސް ކޮމިޝަނުން ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމުކޮށްފިއެވެ.

އެ ކޮމިޝަނުން ވިދާޅުވީ އެ ބިއުރޯ ގާއިމުކޮށްފައިވަނީ އިންތިހާބާއި ބެހޭ މަރުކަޒު (ދަރުބާރުގޭގައި) ކަމަށެވެ.

Ad
rt

ޝަކުވާ ހުށަހަޅާ ފޯމު އެ ކޮމިޝަނުގެ ވެބްސައިޓުންނާއި އިންތިހާބާއި ބެހޭ މަރުކަޒުންނާއި އެ ކޮމިޝަނުގެ އިދާރާގެ ކައުންޓަރުން ލިބެންހުންނާނެ ކަމަށެވެ. އަދި ރަށްރަށުގެ ރަށު ކައުންސިލް އިދާރާ އަދި އަތޮޅު/ސިޓީތަކުގައި ގާއިމް ކުރެވިފައިވާ އިލެކްޝަންސް ފޯކަލް ޕޮއިންޓް ތަކުން ވެސަް ލިބެންހުންނާނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގައި ގާއިމްކުރެވިފައިވާ ފޯކަލް ޕޮއިންޓުތަކުން ވެސް ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނެ ކަމަށް އީސީ އިން ވިދާޅުވެއެވެ.

ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8 ން މެންދުރުފަހު 3 ޖަހަންދެން ކަމަށާއި ހުކުރު ދުވަހު މެންދުރުފަހު 2 ން ހަވީރު 5 ޖަހަންދެން ކަމަށް ވެސް އީސީ އިން ވިދާޅުވެއެވެ.

މި ބިއުރޯއަށް ގުޅޭނެ ނަންބަރުތަކަކީ 3004498 އަދި 3004450 ކަމަށާއި މި ބިއުރޯގެ އީމެއިލް އެޑްރެހަކީ complaints@elections.gov.mv ކަމަށް ވެސް ވިދާޅުވެއެވެ. އީސީ އިން ވިދާޅުވީ އީމެއިލް މެދުވެރިކޮށް ފޮނުވޭ ޝަކުވާތައް ވެސް ބަލައިގަންނާނެ ކަމަށެވެ.