މީމު އެއާޕޯޓުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 60 އިންސައްތަ ވަނީ ނިމިފައެވެ. އަދި އެއާޕޯޓް ގޮނޑުދޮށުގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ނިމިފައެވެ.
މި މަޝްރޫއުގެ ދަށުން ފަޔަ ރޯޑާއި ފަޔަ ޕެޑްގެ ސަބްގްރޭޑް މަސައްކަތްތައްވެސް ވަނީ ނިންމާލާފަައެވެ.
މި މަޝްރޫއުގެ ދަށުން، 14 ހެކްޓަރުގެ ބިން ހިއްކުމާއި، 1812 މީޓަރުގެ ސަރަހަދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެއެވެ.
މީގެ އިތުރުން، 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ޤާއިމުކުރުމާއި، ޓެކްސީވޭއަކާއި އޭޕްރަންއެއް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މިއީ 230.10 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!