މާލޭގެ ހެންވޭރުގެ ގެއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހެންވޭރުގެ ގެއެއްގައި ޚަބަރުހުސްވެފައި މީހަކު އޮތް ކަމުގެ ރިޕޯޓު މިއަދު މެންދުރު 1:20 ހާއިރު ލިބިފައިވާ ކަމަށެވެ.

Ad
rt

އެމީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އަދި އެމީހާ ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ އެއީ 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ނަމަވެސް އިތުރު މައުލުމާތެއް ހާމައެއް ނުކުރައްވައެވެ.

މި ހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.