އާބަންކޯގެ ނަމުގައި އަނެއްކާ ވެސް ސްކޭމް ކޯލުތަކެއް ދައުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް އެ ކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ މިފަހަރު ދައުރުވަމުން ދަނީ "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބުނު ކަމަށް ބުނެ ކަމަށެވެ.
"މި ކުންފުނީގެ ފަރާތުން "ބިންވެރިޔާ ސްކީމް"ގެ ގޯތި ނުވަތަ ފްލެޓު ލިސްޓާއި ބެހޭ އެއްވެސް މުއާމަލާތެއް ނުކުރާނެ. އަދި އެފަދަ ކަމެއްގައި ނުވަތަ ފައިސާއާއި ޕޭމެންޓާއި ބެހޭ އެއްވެސް ލިންކެއް ނުފޮނުވާނެކަމުގެ ޔަގީންކަން ދެން." އާބަންކޯ އިން ބުނެއެވެ.
އާބަންކޯ އިން މިކަން އާންމުންގެ ސަމާލު ކަމަށް ގެނައީ މިދިޔަ ބުދަ ދުވަހު ސަރުކާރުން އިއުލާންކުރި ގޯތި ލިބޭ މީހުންގެ ލިސްޓާ އެކީ މިހާރު އެ ކުންފުނީގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރާ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެންނެވެ.
ސަރުކާރުގެ "ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުން ހިމެނޭ، ވަގުތީ ލިސްޓް ސަރުކާރުން އިއުޅާންކޮށް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރައްވާފައިވަނީ މި ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން، 19858 މީހުން ހުށައެޅި، 12794 ފޯމު ވަނީ ޝަރުޠުހަމަވެފައިކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
ޝަރުޠު ހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން ވަކިން ފޯމްހުށައަޅައިފައިވާ ފަރާތްތަކަށް ޖޮއިންޓްވުމުގެ ފުރުޞަތު ދިނުމަށް ނިންމާފައިވާއިރު، ބިންވެރިޔާ ސްކީމްގެ ދަށުން އިޢުލާނުކުރި ލިސްޓްގައި ގޯތި ލިބޭ މީހުންގެ ތެރޭގައި 10314 މީހުން ހިމެނިފައިވެއެވެ.
ވަގުތީ ލިސްޓުގައި 10،314 މީހުންގެ ނަން ހިމެނޭއިރު، އެ ލިސްޓުގައި ނުހިމެނުނުނަމަވެސް ޝަރުތު ހަމަވާ 9،500 އަށް ވުރެ ގިނަ މީހުންނަށް ވެސް ގޯތި ދޭން ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކުރައްވާފައި ވެއެވެ.
ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ޖުލައި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ސަރުކާރުން ވަނީ ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!