ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެޖެންޑާ ނުކުރެވި މިއަދުގެ މަޖިލިސް ހުއްޓުމަކަށް އަތުވެއްޖެއެވެ.

މަޖިލީހުގެ ރައީސް ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅުމުން، އެމަނިކުފާނު ރިޔާސަތު ބަލަހައްޓަން އުޒުވެރިވެވަޑައިގެންފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅައި ނޯޓިސް ދީފައި އޮތުމުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު އީވާ އަށް ވެސް ވަނީ ގެއްލިފައެވެ.

Ad
rt

މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފަށް މަޖިލިސް ގަވައިދުގެ ދަށުން ރައީސް ނަޝީދު ހަމަޖެއްސެވިނަމަވެސް ގަވައިދުގައި ބުނެފައިވާ ގޮތުން ރިޔާސަތާއި ހަވާލުވާ މެންބަރަކަށް ރިޔާސަތުގައި އިންނެވޭނީ ޖެހިޖެހިގެން ތިން ޖަލްސާ ގައެވެ.

އެހެންކަމުން އަފީފް ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވާތާ، ޖެހިޖެހިގެން ތިން ދުވަސް އިއްޔެއަށް ވަނީ ހަމަވެފައެވެ. ނަމަވެސް އިތުރު މެމަބަރަކާ މަޖިލީހުގެ ރައީސް ރިޔާސަތު ހަވާލުކުރައްވާފައެއް ނުވެއެވެ.

މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު މި ހަފުތާގައި ނިމޭއިރު، މި ދައުރު ނުނިމެނީސް މަޖިލިސް މިވަނީ ހުއްޓުމަކަށް އައިސްފައެވެ.