އާބަންކޯއިން ވިޔަފާރިވެރިންނަށް ހާއްސަ އޯޕަންޑޭއެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

އެ ކުންފުނިން “އާބަންކޯ ފޯ ބިޒްނަސް" ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އޯޕަންޑޭ އަކީ އެ ކުންފުނީގެ ފަރާތުން ވިޔަފާރިތަކަށް ހުރި ފުރުސަތުތައް ދައްކާލައި، އިންވެސްޓަރުން ނުވަތަ ވިޔަފާރިވެރިންނަށް ފަސޭހަކަމާއި އެކު އެ ފުރުސަތުތަކަށް ކުރިމަތިލިމުގެ މަގު ފަހި ކޮށްދިނުމަށް ބާއްވާ އޯޕަންޑޭއެކެވެ.

Ad
rt

އާބަންކޯއިން ބުނި ގޮތުގައި، މިފަހަރުގެ އޯޕަންޑޭގައި ހުޅުމާލޭގައި އޮފީސް އިމާރާތް ގާއިމު ކުރުމަށް ހުރި ފުރުސަތުތަކާއި ތިލަފުށި ފޭސް ދެއަކުން ބިން ގަތުމަށް ހުރި ފުރުސަތުތަކަށް ހާއްސަކަމެއް ދޭނެއެވެ.

މީގެ އިތުރުންވެސް، އެ ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމަންޓް ޓީމުން، ވިޔަފާރިވެރިންނަށް ހުރި ފުރުސަތުތައް ކިޔާދިނުމާއި، ޕޯޓަލް ބޭނުން ކޮށްގެން ޕްރޮޖެކްޓްތަކާއި، ބިން ގަތުމަށް ބޭނުންވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އާބަންކޯގެ އަމާޒަކީ ވިޔަފާރިތަކަށް ލުއި ގޮތްތަކެއް ހޯދައިދީ، ވިހާވެސް ގާތުން މަސައްކަތް ކުރުމެވެ.

އާބަންކޯ ފޯ ބިޒްނަސް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ، އާބަންކޯ އެގްޒިބިޝަން ސެންޓަރުގައި 10:00 – 20:00 އަށެވެ.