ރާއްޖޭގައި ކުރިއަރަމުން އަންނަ ސްޕީޑްބޯޓް ބުކިން އެޕްލިކޭޝަން ކަމަށްވާ އޮޑިއެޕް އާއި ޑިޖިޓަލް ޕޭމްންޓް ހިދުމަތް ދޭ އެންމެ ބޮޑު ޕްލެޓްފޯމް އެމް-ފައިސާ ގުޅިއްޖެއެވެ.

މި ދެ ޕްލެޓްފޯމު ގުޅުމާއެކު މިހާރު ރަށްރަށަށް ޒިޔާރަތްކުރާ ދަތުރުވެރިންނަށް ކޮންމެ ތާކު ކޮންމެ ވަގުތެއްގައިވެސް ފެރީ އަދި ލޯންޗް ބުކް ކޮށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެއެވެ.

Ad
rt

އޮޑިއެޕް އަކީ ފެރީ އަދި ސްޕީޑްބޯޓް ޓްރާންސްފާ ގެ އިތުރުން އުޅަނދުފަހަރު ފަސޭހަކަމާއެކު ޗާޓަރު ކުރެވޭ އެޕެކެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަގުބޫލުކަން ހޯދަމުން އަންނަ އޮޑިއެޕް އާއި އެމް-ފައިސާއާ އެކު ވެވުނު މި ޕާޓްނާޝިޕަކީ ރާއްޖޭގެ ރައްތަކަށް ދަތުރުކުރާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑުލުޔެއް ކަމުގައި ދެ ފަރާތުން ގަބޫލުކުރެއެވެ.

އެމް-ފައިސާގެ ރައްކާތެރި އަދި ހަރުދަނާ މޮބައިލް ޕޭމަންޓް ސިސްޓަމް އިންޓަގްރޭޓް ކުރުމާއެކު، އޮޑިއެޕް ބޭނުންކުރާ ފަރާތްތަކަށް ސީދާ އެޕް މެދުވެރިކޮށް ޓްރާންސްފާ ބުކިންއަށް ފައިސާ ދެއްކުމުގެ އިތުރު ލުއިފަސޭހަކަން މިހާރު ލިބިގެންދާނެއެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އޮޑިއެޕާއާއި ގުޅިގެން އެމް-ފައިސާ މެދުވެރިކޮށް ރާއްޖޭގައި ތިބި ކަސްޓަމަރުންގެ ދަތުރުފަތުރުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެން ދިއުމަކ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އުރީދޫގެ މަގްސަދަކީ ރައްޔިތުންގެ ދިރިއުޅުން މުއްސަނދިކުރުމަށްޓަކައި އީޖާދީ ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި އެގޮތުން މިހާރު ކޮންމެ ތަނަކުން، ކޮންމެ ވަގުތަކުވެސް، އޮޑިއެޕުން އެމް-ފައިސާ މެދުވެރިކޮށް ދަތުރުވެރިންނަށް ލުއިފަސޭހަކަމާއި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދަތުރު ފަތުރުގެ ކަންކަން ހަމަޖައްސާލެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

“ކުރިއަށް އޮތް އަޟްހާ އީދު ޗުއްޓީއަށް މަރުހަބާ ކިޔަމަށް ތައްޔާރުވަމުން ދާއިރު، މި ޕާޓްނާޝިޕްގެ ސަބަބުން ޗުއްޓީއަށް ވަޑައިގަންނަވާ ބޭފުޅުންގެ ދަތުރު ހަމަޖެއްސުމުގައި ލުއިތަކެއް ލިބިގެންދާނެކަން ޔަގީން،" ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

އޮޑިއެޕް، ކޯ ފައުންޑާ އަދި ޗީފް އޮޕަރޭޓިން އޮފިސަރު ސިޔާހް ޚަލީލް ވިދާޅުވީ އެ ޕްލެޓްފޯމުގެ އަމާޒަކީ ދަތުރުވެރިންނަށް ފަސޭހަ ސްޕީޑްބޯޓް ޓްރާންސްފަ ބުކިން ތަޖުރިބާއެއް ހޯދައިދިނުން ކަމަށެވެ. އެގޮތުން އެމް-ފައިސާ މެދުވެރިކޮށް އޮޑިއެޕުން ކޮންފާމް ކުރާ ބުކިންތަކަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަ ޖެހިގެން ދިއުމަކީ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ވިދާޅުވިއެވެ.

“މި ޕާޓްނާޝިޕްގެ ސަބަބުން ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް ޑިޖިޓަލައިޒޭޝަންގެ ހެޔޮ އަސަރެއް ކުރާނެ ކަމަށް އުންމީދު ކުރަން." ސިޔާހް ޚަލީލް ވިދާޅުވިއެވެ.

އެމް-ފައިސާ އަކީ ޑިޖިޓަލް ވޮލެޓަށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުން، ޓްރާންސްފާ ކުރުމާއި ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކަށް ރައްކާތެރިކަމާއެކު ފައިސާ ދައްކާލެވޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަނެކެވެ. މި ޕްލެޓްފޯމުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ހިދުމަތްތަކަށާއި މީޑިއާނެޓް ފަދަ ގިނަ ހިދުމަތްތަކަށް ބިލް ދެއްކުމުގެ އިތުރުން ކައްކާ ގޭހަށް އޯޑަރު ކޮށް ފައިސާ ދެއްކުމަށްވެސް އެހީތެރިކަން ފޯރުކޮށްދެއެވެ.

މީގެ އިތުރުން އެމް-ފައިސާ އިން ވަނީ އެކި ފައުންޑޭޝަންތަކާ ގުޅިގެން ސަދަގާތް ކުރުމުގެ ފުރުސަތުވެސް ފަހިކޮށްދީފައެވެ.

އެމް-ފައިސާ ގެ ހިދުމަތް ބޭނުންކުރުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް އުރީދޫ އެޕް ޑައުންލޯޑް http://ore.do/mf ކޮށް ފަސޭހަކަމާއެކު ރަޖިސްޓްރީ ކޮށްލެވޭނެއެވެ.

ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ ފަދަ ގިނަ ބޭންކުތަކާ ގުޅިގެން އެމް-ފައިސާ އިން ވަނީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް ޑިޖިޓަލް ވޮލެޓް ޓޮޕްއަޕް ކުރުމުގެ ފުރުސަތު ފަހިކޮށްދީފައެވެ.