ގެދޮރުވެރިންނަށް ހާއްސަކޮށްގެން އެސްޓީއޯ އިން ކުރިއަށްގެންދާ “މަގޭހިޔާ” ޕްރޮމޯޝަން ފަށައިފިއެވެ.

މަގޭ ހިޔާ ޕްރޮމޯޝަނަކީ ސަރުކާރު އަދި އަމިއްލަ ފަރާތްތަކުން ކުރިއަށްގެންދާ އެކި ހައުސިން މަޝްރޫއުގެ ދަށުން ގެދޮރު ލިބޭ މީހުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މިއަހަރުގެ ޕްރޮމޯޝަން ފެށީ މި މަހުގެ އެކެއްގައެވެ.

Ad
rt

މިދިޔަ ދެ އަހަރުވެސް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނު މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައެވެ. އެގޮތުން، 15،000ރ. އިން ފެށިގެން 25،000ރ. އާ ދެމެދުގެ މުދަލުން 12 އިންސައްތައިގެ ޑިސްކައުންޓެއް އަދި 25،000 ރ. އިން ފެށިގެން 35،000ރ. އާ ދެމެދުގެ މުދަލުން 15 އިންސައްތަ ޑިސްކައުންޓު މި ޕްރޮމޯޝަނުގެ ދަށުން ލިބޭނެއެވެ.

މީގެ އިތުރުން 35،000 ރުފިޔާ އިން މަތީ ކޮންމެ މުދަލަކުން 18 އިންސައްތައިގެ ޑިސްކައުންޓު ލިބޭނެއެވެ. މި ޕެކޭޖްތަކުގެ ނަންތައް ދީފައިވަނީ ރިހި، ރަން އަދި ހުދުރަނުގެ ނަމުގައެވެ.

މި ޕްރޮމޯޝަންގައި ހިމެނޭ އައިޓަމްތަކަށް ހޭދަކުރާ ކޮންމެ 5,000 ރުފިޔާއަކަށް ކޫޕަނެއް ލިބިގެން ދާނެއެވެ.

އެހެން ޕްރޮމޯޝަންތަކާ ޚިލާފަށް މޯލްޑިވްސް އިސްލާމިކް ބޭންކް، ބީއެމްއެލް އިސްލާމިކް އަދި އެމްއެފްއެލްސީއާއި ,އެސްޓިއޯ ކްރެޑިޓް ސްކީމް މެދުވެރިކޮށް މުދާ ނަގާ ފަރާތްތަކަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

މި ޕްރޮމޯޝަން ގައި ކަސްޓާމަރުންނަށް ލިބިފައިވާ ފުލެޓްގެ މައުލޫމަތު އަދި އައިޑީ ކާޑު ބޭނުންވާނެއެވެ.