އުރީދޫ ނެޝަން ޕަބްޖީ ޗެމްޕިއަންޝިޕް ވައިލްޑް ކާޑު ސީރީޒްގެ ފައިނަލް މެޗުތައް އިއްޔެ ފަށައިފިއެވެ.

އުރީދޫ ނޭޝަން ޕަބްޖީ ޗެމްޕިއަންޝިޕަށް ކޮލިފައި ވެވޭ ފަހުގެ ފުރުސަތުގެ ގޮތުގައި ކުރިއަށް ދާ މި މުބާރާތުން ގަދަ 7 ޓީމަކަށް 100،000ރ ގެ އިނާމަށް ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Ad
rt

ވައިލްޑް ކާޑު ސީރީޒް ގެ މެޗުތައް 27 މެއި 2023 ވަނަ ދުވަހުގެ ރޭ 8:00 ގައި ފެށިއިރު، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ހޯދުމަށް ޖުމްލަ 48 ޓީމަކުން ވަނީ ބައިވެރިވެފައެވެ. 16 ޓީމުގެ ތިން ގްރޫޕަކަށް ބަހާލެވިގެން ކުރިއަށް ދިޔަ ގްރޫޕް ސްޓޭޖްގެ މެޗުތަކުގައި ކުޅުންތެރިން ވަނީ ހުނަރު ދައްކާލާ ވަރުގަދަ ހަނގުރާމަތަކަކަށް ފަހު 30 ޓީމަކުން ސެމީ ފައިނަލް މެޗުން ޖާގަ ހޯދިއެވެ. އަދި ހުނަރުވެރި ކުޅުމެއް ދައްކާ 16 ޓީމަކުން ވަނީ ފައިނަލް މެޗްތަކުން ޖާގަ ހޯދާފައެވެ.

މިހާރު ކުރިއަށް ދާ ޕަބްޖީ މޯލްޑިވްސް ޗެމްޕިއަންޝިޕް ވައިލްޑް ކާޑް ސީރީޒްގެ ގްރޭންޑް ފިނާލޭގައި ވާދަ ކުރާ ޓީމްތަކުގެ ތެރޭގައި ޓީމް އޭޖެންޓްސް، ބީޑީވީޒެޑް އެސްޓެރޮއިޑްސް، ބީޑީވީޒެޑް ބީޒެޑްޖީ، ބީޑީވީޒެޑް އެވަގްލޯ، ކޮސް އީސްޕޯޓްސް، ޑީއެމްޓީ، ގޭމްއޯވަރ އީސްޕޯޓްސް، ގޯޓް އަކަޒާޔާ، ޖާނުން ފިދާ، ރެއިން، އާރްޖީސީ ސެވޭޖް، އާރްޖީސީ ސިންޑިކޭޓް، އެސްޑީއެމްޒެޑް ސަޔަނައިޑް، ޓްރެންކުއިލިޓީ، ޓައިފޫން އަދި ޑަބްލިއު ޓީ ފަންކް އީސްޕޯޓްސް ހިމެނެއެވެ.

ރެއިން ފެށިގެން ކުރިއަށް ދާ ވައިލްޑް ކާޑް ސީރީޒްގެ ފުރަތަމަ ފައިނަލް މެޗުތަކުގައި ޓްރެންކުއިލިޓީ، ގޭމްއޯވަ ސްޕޯޓްސް އަދި ބީޑީވައިޒެޑް ބީޒެޑްޖީ އިން ވަނީ އެ މީހުންގެ ތަފާތު ހުނަރު ދައްކާލައި، ޗިކަން ޑިނާގެ ނަސީބުވެރިންގެ ޖާގަ ހޯދާފައެވެ. ޖާނޫން ފިދާ، ގޯޓް އަކަޒާޔާ، ޓައިފޫން އަދި އާރްޖީސީ ސިންޑިކޭޓުން ވަނީ އެ ޓީމުގެ ހުނަރު ދައްކައި ގަދަ 7 ޓީމުގެ ތެރޭގައި ޖާގަ ހޯދާފައެވެ.

އުރީދޫ ނޭޝަން ޕަބްޖީ ޗެމްޕިއަންޝިޕްގައި ވާދަކުރަން ބާކީ ތިބި ޓީމުތައް ކަނޑައަޅާނީ ފައިނަލްގެ ކުރިއަށް އޮތް މެޗުތަކުންނެވެ.

މިރޭ އަދި މާދަމާ ރޭ ކުރިއަށް ދާ ވައިލްޑް ކާޑް ސީރީޒް ފައިނަލް މެޗުތައް ލައިވްކޮށް ރޭގަނޑު 8:00 ޖަހާއިރު އުރީދޫ ނޭޝަން ފޭސްބުކް ޕޭޖް ނުވަތަ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ބަލާލެވޭނެއެވެ.