ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 77 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.
މިގޮތަަސް ފާސްކޮށްފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99 އިންސައްތަ ވޯޓުންނެވެ.
ރޭގެ ޖަލްސާގައި އެސްޓީއޯގެ ހިއްސާދާރުންގެ ތެރެއިން 300 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.
މިއީ ފާއިތުވި 16 ވަރަކަށް އަހަރުތެރޭ އެ ކުންފުނިން ހިއްސާއަކަށް ބަހަން ފާސްކުރި އެންމެ މަތީ އަދަދެވެ.
އެސްޓީއޯގެ އަހަރީ ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރު 18.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އެއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 79 އިންސައްތައިގެ ކުރިއެރުމެކެވެ.
ޓެކުހަށް ކެނޑުމަށްފަހު މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބުނީ 742 މިލިއަން ރުފިޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!