އުރީދޫ މޯލްޑިވްސްގެ އެމްފައިސާ މެދުވެރިކޮށް މާލެ، ހުޅުމާލޭގައި ހުންނަ އެފްއެސްއެމް ޕެޓްރޯލް ޝެޑްތަކަށް ފައިސާ ދެއްކި ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ އެމްފައިސާ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތާ ހޮންޑާ ސްކޫޕީ ކްލަބް 12 ސައިކަލު ހަވާލުކޮށްފިއެވެ.
މި ސައިކަލު ހަވާލުކޮށްފައިވަނީ އިއްޔެ ބްރިޖް ވިއުއިން ޕްލެޓްފޯމްގައި ބޭއްވި ހާއްސަ ހަރަކާތެއްގަައެވެ. އެ ހަރަކާތުގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އާއި ފިއުލް ސަޕްލައި މޯލްޑިވްސް ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް އަދި ކިންގްސްޓަން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ހަސަން ބައިވެރިވެވަޑައިގެންނެވިއެވެ.
އުރީދޫ މޯލްޑިވްސް އާއި ފިއުލް ސަޕްލައި މޯލްޑިވްސް ގުޅިގެން މާލެ ސަރައްހުދުގައި ބަހައްޓާފައި ހުރި އެފްއެސްއެމް ޕެޓްރޯލް ޝެޑްތަކުގައި އުރީދޫގެ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން، އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭ ގޮތް ފަހިކޮށްދިނުން ވެގެން ދިޔައީ އެފްއެސްއެމް ކަސްޓަމަރުންނަށް ލިބުނު ވަރަށް ބޮޑު ލުޔަކަށެވެ. ޕެޓްރޯލް ޝެޑުތަކުގައި ބަހައްޓާފައި ހުންނަ އެމް-ފައިސާ ކިއުއާރު ކޯޑް ސްކޭންކޮށްގެން ކަސްޓަމަރުންނަށް މިހާރު ސިކުންތުކޮޅެއްގެ ތެރޭގައި ފަސޭހަކަމާ އެކު ފައިސާ ދައްކާލެވެއެވެ.
ފަސޭހަ އަދި ރައްކާތެރި މި ހިދުމަތުގެ އަމާޒަކީ ރާއްޖޭގައި ޑިޖިޓަލް ހިދުމަތްތައް ކުރިއަރުވާ އިތުބާރު ހިފޭ ހައްލުތައް ހޯދައިދިނުން ކަމަށް އުރީދޫ އިން ބުންޏެވެ.
އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް-ހަމާދީ ވިދާޅުވީ ކަސްޓަމަރުންގެ ފަރާތުން ރަނގަޅު ތަރުހީބެއް ލިބި، އެފްއެސްއެމްގައި އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުން ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާ ކަމަށެވެ. އަދި އެފްއެސްއެމްއާއެކު ވެވުނު މި ޕާޓްނާޝިޕާއެކު ޑިޖިޓަލް ޙިދުމަތްތައް މެދުވެރިކޮށް މުޖުތަމައު ބާރުވެރިކުރުވުމުގެ އިތުރުން، ޑިޖިޓަލް ފައިނޭންޝަލް ޚިދުމަތްތައް ރާއްޖޭގައި ބޭނުންކުރުމަށް މަގުފަހިކޮށްދިނުމަށް ވެސް އެހީތެރިވެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
“ކުރިއަށް އޮތްތަނުގައިވެސް ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކޮށް، ރާއްޖޭގެ ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމަށް މަސައްކަތް ކުރާ ކުންފުންޏެއްގެ ގޮތުގައި އުރީދޫ ދެމި އޮންނާނެކަމުގެ ޔަގީންކަން އަރުވަން" އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް-ހަމާދީ ވިދާޅުވިއެވެ.
ފިއުލް ސަޕްލައިސް މޯލްޑިވްސް ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ އެފްއެސްއެމް އިން މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އަވަސް އަދި ފަސޭހަ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އުރީދޫއާ ގުޅިގެން އެމް-ފައިސާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ސަބަބުން، ފައިސާ ދެއްކުމުގައި ފަސޭހަވެގެންދިއުމުގެ އިތުރުން އެ ކުންފުނީގެ މުވައްޒަފުންނަށްވެސް، ޕޭމަންޓް މޮނީޓަކޮށް ބެލެހެއްޓުމުގެ ލުއިފަސޭހަކަން ވަރަށް ބޮޑަށް އިތުރުވެގެން ހިނގައްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.
“އަދި ކުރިއަށް އޮތްތަނުގައި މި ހިދުމަތް އެހެން ސަރަޙައްދުތަކަށް ފުޅާކޮށް، ފަސޭހަކަމާއި ރައްކާތެރި ކަމާއެކު ފައިސާ ދެއްކުމުގެ ފައިދާ އިތުރު ކަސްޓަމަރުންނަށް ހޯދައިދިނުމަށް އުރީދޫ އާއި އެކު މަސައްކަތްކުރާނަން." ފިއުލް ސަޕްލައިސް މޯލްޑިވްސް ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވިއެވެ.
އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރަޖިސްޓްރީވެ، ޔޫޓިލިޓީ ބިލް ދެއްކުމާއި ފައިސާ ޓްރާންސްފާ ކުރުމާއި ރާއްޖޭގެ އެންމެ މަގުބޫލު ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓް ތަކަށް ފައިސާ ދެއްކުމުގެ އިތުރުން ހާއްސަ އޮފާތައް ފަދަ ގިނަ ފައިދާތައް ހޯދުމަށް ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް އުރީދޫއިން މަރުހަބާ ކިޔައެވެ. އެމް-ފައިސާ ކަސްޓަމަރުންނަށް ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ ފަދަ ބޭންކުތައް މެދުވެރިކޮށް އޮންލައިންކޮށް އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!