އިސްލާމްދީނުގެ އުސޫލުތަކާއި ޝަރީޢާ ގަބޫލުކުރާ ފުރަތަމަ ކްރިޕްޓޯކަރަންސީ އާންމުންނަށް ތައާރަފްކުރަން ތައްޔާރުވެއްޖެ އެވެ.
އަރަބިއަން ބިޒްނަސްގެ ރިޕޯޓެއްގައިވާ ގޮތުން އާ ޓޯކަން އަކީ އެތުރިއަމް ނެޓްވޯކާއި ދުނިޔޭގެ އެތައް ހާސް އެޕްލިކޭޝަންތަކުގައި ބޭނުންކުރެވޭނެގޮތައް "ހައްގު ބްލޮކްޗޭން" ގައި އޮޕަރޭޓްކުރުމަށް ފައްކާކުރަމުން އަންނަ ކޮއިން އެކެވެ. މިހާރުވެސް ޕްރައިވެޓް ފަރާތްތަކަށް އަންނަނީ ވިއްކަމުންނެވެ.
އިސްލާމިކް ކޮއިން އަށް މިހާރުވެސް ކަމާބެހޭ ފަރާތްތަކުގެ އެކްރެޑިޓޭޝަން އަދި ހުއްދަ ލިބިފައިވެއެވެ.
މި ޕްރޮޖެކްޓަކީ އިސްލާމީ އުސޫލުތަކަށް ތަބާވާ މަޝްރޫއެއްތޯ ޔަގީންކުރުމާއި އެހީތެރިވުމަށް އިސްލާމިކް ކޮއިން އިން ވަނީ 40 ބޭންކެއް ހިމެނޭ ޝަރީއަތުގެ ބޯޑެއް ކަނޑައަޅާފަ އެވެ.
މިކަމަށް އެހީތެރިވުމުގެ ގޮތުން، އިކޯސިސްޓަމްގެ ނޮން ޕްރޮފިޓް އަމް ހައްގު އެސޯސިއޭޝަނުން ވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އާއި ގުޅިގެން އުނގެނުމުގެ ރަނގަޅު މާހައުލަކާއެކު ބްލޮކްޗޭން އަދި ކްރިޕްޓޯ ކަރަންސީއަށް ހޭލުންތެރިކަން އިތުރުކޮށްފަ އެވެ.
މި މަޝްރޫއު ހިންގާ ހައްގުގެ ކޯ ފައުންޑަރު މުހައްމަދު އަލްކަފް އަލްހާޝްމީ ވިދާޅުވި ގޮތުގައި އިސްލާމިކް ކޮއިން އަކީ ޓިއާ ވަން އެސެޓަކަށް ވުމުގެ ފުރުސަތު އެބައޮތެވެ. "އޮންލައިން މުސްލިމް ކޮމިއުނިޓީގެ އެންމެ %3-4 މީހުން މި ކޮއިން ގަނެ ހޯލްޑްކުރާނަމަ އެއީ ބިޓްކޮއިން ސްކޭލްގެ އެސެޓަކަށް ވެދާނެ،" އަލްހާޝްމީ ވިދާޅުވި އެވެ.
ދުނިޔޭގެ އިސްލާމިކް ފައިނޭންސް މާކެޓް 2024 ވަނަ އަހަރުގެ ނިޔަލަށް 3.69 ޓްރިލިއަން ޑޮލަރު ފަހަނައަޅައި ދާނެ ކަމަށް ލަފާކުރެވޭއިރު، ހަލާލް ޕްރޮޑަކްޓްތަކުގެ މާކެޓް ހަތަރު ޓްރިލިއަން ޑޮލަރު ފަހަނައަޅައި ދާނެ ކަމަށް ލަފާކުރެވެ އެވެ. "މިހާރު ހަމައެކަނި ކާނާ ނޫން، ހެލްތްކެއާ ޕްރޮޑަކްޓްސް، ކޮސްމެޓިކްސް، ހުރިހާ ކަމެއް ހަގީގަތުގައި ވެސް ހަލާލް ކަމާއި ކޮމިއުނިޓީ އެތިކްސް އާއި ވެލިއުތަކާ ގުޅޭތޯ ޔަގީން ކުރާނެ ގޮތް ވެސް،" އަލްހާޝްމީ ވިދާޅުވި އެވެ.
ދުނިޔޭގެ އާބާދީގައި 1.8 ބިލިއަނަށް ވުރެ ގިނަ މުސްލިމުން އުޅޭއިރު އަލްހާޝްމީ ވިދާޅުވީ މުސްލިމް ޖަމާއަތަކީ ކްރިޕްޓޯ ދުނިޔޭގައި "އަންޓެޕްޑް އެންޑް އަންޑަރ ސާވިސް" މާކެޓެއް ތަމްސީލުކުރާ ޖަމާއަތެއް ކަމަށެވެ. އަދި އިސްލާމިކް ފައިނޭންސް ވެސް ޣައިރު މުސްލިމުން ގަބޫލުކުރާކަން ފާހަގަކުރެއްވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!