މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަަކަށް 4ރ. ބަހަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ބޯޑުން މިއަދު ނިންމައިފިއެވެ.

އެ ކުންފުނިން މިއަދު ބުނި ގޮތުގައި ހިއްސާއަކަަށް ހަތަރު ރުފިޔާގެ މަހުން 32.1 މިލިއަން ރުފިޔާ ބަހަން ވަނީ ނިންމާފައެވެ. މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ކުންފުނީޔެ ބޯޑު ޖަލްސާގައެވެ.

Ad
rt

އެމްޓީސީސީގެ ހިއްސާގެ ފައިދާގެ ގޮތުގައި ބޯޑުން ހުށަހެޅި އަދަދު ފާސް ކުރާނީ މި މަހު ބާއްވާ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންގެ ވޯޓުންނެވެ. މި ޖަލްސާ ބާއްވަން ތާވަލު ކޮށްފައިވަނީ 20 ޖޫން ގައެވެ.

މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ލިބޭނީ 12 އޭޕްރިލް 2023 ގެ ކުރިން އެމްޓީސީސީގައި ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ހިއްސާދާރުންގެ މެދުގައެވެ.

އެމްޓީސީސީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް 200.9 މިލިއަން ރުފިޔާ ލިބުނެވެ. އަދި އާމްދަނީގެ ގޮތުގައު 2.4 ބިލިއަން ރުފިޔާ ލިބުނެވެ.

2021 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި އެމްޓީސީސީން ބެހީ 3.50ރ. އެވެ.