ތ. ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަޝްރޫއު ހަވާލު ކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ 23 ސެޕްޓެމްބަރު 2021 ގައެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން އެމްޓީސީސީން ވަނީ 15 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖަހައި، 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއެކު 18،894 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އަޅައިފައެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ސަބަބުން ގާދިއްފުށީގެ ތުނޑީކޮޅު ސަރަހައްދު މިހާރު ހިމާޔަތްކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން މިއީ ގާދިއްފުށީގެ ރައްޔިތުންގެ ޒަމާންވީ އުދާސްތަކާއި ތަކުލީފަށް ބޮޑު ހައްލެއް ލިބި، ރައްޔިތުންނަށް އެތަށް އުފާވެރިކަމާއި ތަސައްލީ ގެނުވާނެ މުހިންމު މަޝްރޫއެއް ގޮތުގައި ދެކޭ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

މިއީ 19.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.