އީދު ބަންދުގައި އައިޖީއެމްއެޗުގެ ސްޕެޝަލިސްޓު އޯޕީޑީ ހިދުމަތްތައް ބަންދުވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އެކަން ހާމަކޮށް ސަރުކާރުގެ މައި ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ވަނީ މިއަންނަ ހުކުރުން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް އެ ހޮސްޕިޓަލުގެ ބައެއް ހިދުމަތްތައް ބަންދުވާނެ ކަމަށެވެ.
އެގޮތުން ސްޕެޝަލިސްޓް އޯޕީޑީ އާއި އައިޕީޑީ އަދި އިމަޖެންސީ ހިދުމަތްތަައް ފިޔަވައި އެހެނިހެން ކްލިނިކަލް ހިދުމަތްތައް މެދުކަނޑާލާނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
ބަންދު ދުވަސްތަކުގައި އޯޕީޑީ އަދި ކްލިނިކަލް ހިދުމަތްތައް މެދުކެނޑުނު ނަމަވެސް ޓްރޯމާ އަދި އިމަޖެންސީގެ ހިދުމަތްތައް މެދުނުކެނޑި 24 ގަޑިއިރު ކުރިއަށްދާނެ ކަމަށް ވެސް ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!