މިއަހަރުގެ ބައިބަލާ މުބާރާތުގެ އޮފިޝަލް ޕާޓްނަރއަކަށް އާބަންކޯ ހަމަޖައްސައިފިއެވެ.

ބައިބަލާ މުބާރާތަކީ ކޮންމެ އަހަރެއްގެ ވެސް ފިތުރު އީދާ ދިމާކޮށް ބައިބަލާ އެސޯސިއޭޝަންގެ ފަރާތުން ބާއްވަމުން އަންނަމުބާރާތެކެވެ.

Ad
rt

ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި ކުރިއަށް ގެންދާ މިއަހަރުގެ "އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު" ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ.

މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި މިއަހަރު 35 ޓީމަކުން ބައިވެރިވެފައިވެއެވެ.

އާބަން ސިޓީއެއްގެ ގޮތުގައި ހުޅުމާލެ ތަރައްގީކުރަމުން އަންނަ އިރު، އެ ކުންފުނިން މަސައްކަތްކުރަމުން އަންނަނީ ރާއްޖޭގައި ކުޅޭ މިފަދަ ހުރިހާ ކުޅިވަރަކަށް ވެސް ފުރުސަތު ލިބޭނެ ތަނަކަށް ހުޅުމާލެ ހެދުމަށެވެ.

ބައިބަލާ މުބާރާތް ހުޅުމާލޭގައި ބާއްވާ މިއީ ފުރަތަމަ ފަހަރެވެ.

ބައިބަލާ މުބާރާތުގެ އޮފިޝަލް ޕާޓްނަރަކަށް އާބަންކޯ ހަމަޖައްސައި އެ އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސާ ޝާތިރު އަބްދުއްރަހުމާނެވެ. ބައިބަލާ އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް ސެކެޓްރީ އަލީ ސައީދެވެ.

މިދިޔަ އަހަރު ބޭއްވި ބައިބަލާ މުބާރާތުގައި 34 ޓީމުން 1000 އަށް ވުރެ ގިނަ ޒުވާނުން ވަނީ ބައިވެރިވެފައެވެ.