ކޮންމެ ރަމަޟާން މަހަކާއި ދިމާކޮށް މާލެ އަތޮޅު ހުރާގައި ބާއްވަމުން އަންނަ އެމް.އޭ.ކަޕް ވޮލީ މުބާރާތުގެ އަންހެން ޑިވިރަންގެ ރޭގެ މެޗު އެންމެފަހުގެ ޗެމްޕިއަން ހުރައަށް ނިސްބަތްވާ ޓީމު ބިއުޓީސް އިން ކާމިޔާބުކޮށްފިއެވެ.
އެޓީމުން މި މެޗު ކާމިޔާބުކުރީ ރޭ ކުޅުނު މެޗު ޓީމް ތުލުސްދޫ އާ ވާދަކޮށް ސީދާ ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
ހުއްރިއްޔާ ސްޕޯޓްސް ކުލަބުގެ ވޮލީ ކޯޓުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 18/25 ،13/25 ،12/25 އިންނެވެ.
ރޭގެ މެޗުގައި ރާއްޖޭގެ އަންހެން ވޮލީ ޓީމްގެ ދެކުޅުން ތެރިން ކަމުގައިވާ ކެޕްޓަން ޙައްވާ ރާޝިދާ އަދި ޝަހާ ޝާމިންގެ އިތުރުން އަންހެން ގައުމީ ޓީމުގެ ކުރީގެ ސެޓަރ ސުހާނާ އަޙުމަދުގެ ކުޅުންކު ފާހަގަ ކޮށްލެވުނެވެ.
މި މެޗުގައި ތުލުސްދޫގެ ޓީމުން ވެސް ރަނގަޅު ކުޅުމެއް ވަނީ ދައްކާފައެވެ.

ހުރާ ޞިއްޙީ މަރުކަޒުގެ ކޮމިއުނިޓީ ހެލްތު އޮފްސަރ ޝަފީޤާ އާރިފް ޝަރަފްވެރި ކޮށްދެއްވި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރޭގެ މެޗުގައި ވަރަށް ރަނގަޅު ކުޅުމެއްދެއްކި ރާއްޖޭގެ އަންހެން ގައުމީޓީމްގެ ޒުވާން ކުޅުންތެރިޔާ ޓީމް ބިއުޓީސްގެ ޖާރޒީ ނަންބަރ އެގާރަ ޝަހާ ޝާމިން އެވެ.
މި މިބާރާތުގައި މިރޭ ކުޅޭނީ ފިރިހެން ޑިވިޜަންގެ މެޗެކެވެ. ބައްދަލު ކުރާނީ ހުރާގެ ދެ ޓީމު ކަމުގައިވާ ރާއްޖޭގެ ގައުމީ ޓީމްގެ ތިން ކުޅުންތެރިން ހިމެނޭ ޓީމް ތްރީޑީ އާއި މި މުބާރާތުގެ އެންމެ ފަހުގެ ރަނަރަޕް ޓީމް ތަންޑަރ ބޯލްޓްއެވެ.
މިރޭ 9:30 ގައި ފަށާ މި މެޗު ވެސް އެމް.އޭ.ކަޕް ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!