މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާއި މޯލްޑިވްސް ޔުނިފައިޑް ގޭމިންއާ ގުޅިގެން އިންތިޒާމް ކުރި ޕީއެސް 5 ފީފާ މުބާރާތް ބައުންޓީ ހަންޓާސް ކާމިޔާބުކޮށްފިއެވެ.

7 ދުވަހަށް ދެމިގެން ދިޔަ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އިނާމް ހަވާލު ކޮށްދެއްވީ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްއެވެ.

Ad
rt

ރަނަރަޕް ހޯދި ޓީމަށް ޕާޓީގެ ނާއިބު ރައީސް އަހުމަދު އުޝާމް، އިނާމު ހަވާލުކޮށްދިންއިރު، 3 ވަނައާއި 4 ވަނަޔަށް އިނާމް ހަވާލު ކޮއްދެއްވީ ޕާޓީގެ ނާއިބް ރައީސް ދުންޔާ މައުމޫންއެވެ.

މީގެ އިތުރުން 5 ވަނައިން ފެށިގެން 8 ވަނަހޯދި ފަރާތާ ހަމަޔަށް އިނާމް ހަވާލު ކޮއްދެއްވީ ޕާޓީގެ ނާއިބު ރައީސް އަހުމަދު ޝަރީފްއެވެ.

މި މުބާރާތުގެ ވަނަތައް ހާސިލް ކޮށްފައިވާ ފަރާތްތަކަކީ

  • 1 ވަނަ – ބައުންޓީ ހަންޓާސް
  • 2 ވަނަ - A22
  • 3 ވަނަ – ސްކިލް އިޝޫ
  • 4 ވަނަ – ބާބެރު ޓޮއްޓޮއް
  • 5 ވަނަ – އެފްސީ ދޮއްޓިމަސް ޕްރައިމް
  • 6 ވަނަ – ވައިޑީޕީ
  • 7 ވަނަ – ސެވޭޖް ރިޕަބްލިކް
  • 8 ވަނަ – އިއްޕެ އެފްސީ

މި ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ އެމްއެންޕީ އަކީ އަބަދު ވެސް ޒުވާނުންނަށް މިކަހަލަ ގިނަ ފުރުސަތުތަކެއް ހޯދާދޭނެ ޕާޓީއެއް ކަމަށާއި ޒުވާނުން އެއްރޫހެއްގައި މި މުބާރާތް ކުރިޔަށް ގެންދިޔަ ކަމީ ނުހަނު ހިތްހަމަޖެހި ވަޑައިގެން އަދި އުފާކުރެއްވި ކަމެއްކަމަށެވެ.

މި ރަސްމިއްޔާތުގައި ޕާޓީގެ ލީޑަރޝިޕްއާއި ގިނަ ޒުވާނުންވަނީ ބައިވެރިވެފައެވެ. މި މުބާރާތް ކާމިޔާބުކަމާއެކު ނިންމާލީ 580 ބައިވެރިންނާއެކުއެވެ.