ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންގެ ފަރާތުން އުނގެނުމަށާއި ހުނަރު ދަސްކުރުމަށް ބޭނުންކުރާ ކުޅޭ ތަކެއްޗާއި ފޮތް ކުޑަކުދިންގެ މަރުކަޒު ފިޔަވައްޗަށް ހަދިޔާކޮށްފިއެވެ.
ބީއެމްއެލްގެ މުވައްޒަފުން ވަނީ މުޖުތަމައަށް ހެޔޮ ބަދަލެއް ގެނެއުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ފިޔަވަތީގައި ދިރިއުޅެމުންދާ ކުދިން ބޭނުންކުރާނެ ތަކެތި ވަނީ ހަދިޔާ ކޮށްފައެވެ. މިގޮތުން، ކިޔެވުމަށް ބޭނުންވާ ކުޅޭ ސާމާނާއި، ވާހަކަ ފޮތް، ކުލަޖައްސާ ފޮތް، ކްރާފްޓް ސެޓް، ބޯޑު ގޭމްސް، ސްޓޭޝަނަރީސް ގެ އިތުރުން ޕަޒްލްވެސް ވަނީ ހަދިޔާކޮށްފައެވެ.
ފާއިތުވި އަހަރުގެ ރަމަޟާން މަހު ބޭންކުގެ މުވައްޒަފުން އިސްނަގައިގެން ވަނީ އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް މޮމްސް އިން ހިންގާ، ހެލްޕް އަ ފެމިލީ ޕްރޮގްރާމް އަށް އަސާސީ ކާބޯތަކެތީގެ އެހީތެރިކަންފޯރުކޮށްދީފިއެވެ.
އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް ފާއިތުވި 3 އަހަރުގެ ރަމަޟާން މަހު ބޭންކުން ވަނީ އާކް އެއިޑް ޕްރޮގްރާމަށްވެސް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.
ބީއެމްއެލް އިން އަންނަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން މުޖުތަމައަށް އެހީވުމުގެ ގޮތުން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!