ހދ. ކުނބުރުދޫ ގައި ގާއިމުކުރާ ކުނި ޖަމާކުރާ ޝެޑް އަދި އެކްސަސް ރޭމްޕް ހެދުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިޖް ބުނި ގޮތިގައި މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ޝިޕްމެންޓް މިހާރު ވަނީ ސައިޓަށް ގެންދެވިފައެވެ.
މި މަޝްރޫއުގައި ހިމެނޭ ކުނި ޖަމާކުރާ ޝެޑް އެޅުމުގެ މަސައްކަތް މިހާރު ވަނީ 75 އިންސައްތަ ފުރިހަމަކުރެވިފައެވެ.
މީގެ އިތުރުން، ސައިޓުގައި މިހާރު ކުރިއަށްދަނީ އެއްގަމު ތޮށީގެ ލައިން ފުންކުރުމުގެ މަސައްކަތެވެ.
މި މަޝްރޫއުގެ ދަށުން، ކުނި ޖަމާކުރާ ޝެޑެއް ހެދުމާއި އެކްސަސް ރޭމްޕެއް ހެދުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!