ބ. އަތޮޅު ފަރެސްގައި ތަރައްގީކުރާ ރިސޯޓު މެއި މަހު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

އަވާނީ ހޮޓެލްސް އިން ތަރައްގީ ކުރާ މި ރިސޯޓު ހުޅުވުމަށް ތާވަލުކޮށްފައިވަނީ އަންނަ މެއި މަހުގެ ފުރަތަމަ ދުވަހުއެވެ.

Ad
rt

ގާތްގަޑަކަށް 70 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހަދާ މި ރިސޯޓުގައި ސްޓޫޑިއޯ، ބީޗު ވިލާ އަދި އޯވަރ ވޯޓަރ ވިލާތައް ހުންނާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މީގެ އިތުރުން ތަފާތު ކެއުންތައް ލިބޭ ރެސްޓޯރެންޓަކާއި، އަވާނީ ސްޕާ އަދި ބޮޑު ސްވިމިންގ ޕޫލެއް ހުންނާނެ ކަމަށް ވެސް ޚަބަރުތައް ބުނެއެވެ. މިއީ ރާއްޖޭގެ އެހެން ރިސޯޓުތަކުގައި ހުންނަ ސައިޒުތަކަށް ވުރެ ބޮޑު ސްވިމިންގ ޕޫލެއް ކަމަށް ވެސް އަވާނީ ހޮޓެލްސް އިން ވަނީ ބުނެފައެވެ.

އަވާނީ ހޮޓެލްސް އެންޑް ރިސޯޓްސް އަކީ ރާއްޖޭގައި މިހާރުވެސް ރިސޯޓުތައް ހިންގަމުން އަންނަ އަނަންތާރާ ހޮޓެލްސް އެންޑް ރިސޯޓްސް ބްރޭންޑުގެ ވެސް މައި ކުންފުނި ކަމަށްވާ ތައިލޭންޑުގެ މައިނަރ ހޮޓެލްސްގެ ބުރޭންޑެކެވެ. އެކުންފުނިން މިހާރުވެސް ދަނީ ރާއްޖޭގައި އަނަންތާރާ ބުރޭންޑުގެ ތިން ރިސޯޓު ހިންގަމުންނެވެ.

ތައިލޭންޑުގެ ކުންފުންޏެއް ކަމަށްވާ މައިނަރ ހޮޓެލްސްއިން ދަނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެތެރޭ ދުނިޔޭގެ އެކި ހިސާބުތަކުގައި އަވާނީ ހޮޓެލްސް އެންޑް ރިސޯޓްސް ބްރޭންޑުގެ ރިސޯޓް ހުޅުވުމަށް މަސައްކަތްކުރަމުންނެވެ.