އުރީދޫ މޯލްޑިވްސްގެ އީކޮމާސް ޕްލެޓްފޯމް މޫލީ އާއި ހޮރައިޒަން ފިޝަރީޒް ގުޅިގެން ރާއްޖޭގެ މަޝްހޫރު ޓޫނާ ބްރޭންޑެއް ކަމަށްވާ މަންދޫ މާސްގެ އުފެއްދުންތައް ހިމެނޭ ބަންޑަލްޑް ހަދިޔާ ޕެކްތަކެއް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މޫލީ ޕްލެޓްފޯމުން ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
މި ޕްރޮމޯޝަނަކީ ރަމަޟާން މަހު އާއްމުކޮށް ބޭނުންވާ ގިނަ އަދަދެއްގެ ޒަރޫރީ ތަކެތި ލިބޭ މޫލީ ރޯދަ ބާޒާރު ޕްރޮމޯޝަންގެ ދަށުން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.
މޫލީ މެދުވެރިކޮށް ކޮންމެތާކު ހުރެގެންވެސް ކަސްޓަމަރުންނަށް މާންދޫގެ ރަހަމީރު މަސްދަޅުތައް ހިމެނޭ މި ހަދިޔާ ޕެކްތައް ކޮންމެވަގުތެއްގައިވެސް ގަނެކެވޭނެއެވެ. އަދި ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަ ކޮށްލެވޭނެއެވެ.
ތަފާތު ހަތަރު ހަދިޔާ ޕެކް މޫލީއިން ލިބެން ހުރިއިރު މި ހަދިޔާ ޕެކްތަކުގެ އަގުތައްހުރީ 145 ރުފިޔާއާއި 160 ރުފިޔާއާ ދެމެދުގައެވެ.
ރޯދަ ހަދިޔާ ޕެކް 1 ގައި ހަބަނޭރޯގައި ހަދާފައިވާ 3 ދަޅާއި ހިކި މިރުހުގައި ކަނޑުމަސް ހަދާފައިވާ 2 ދަޅާއި ކަނޑުމަސް ސަންފްލާވާ އޮއިލް (އެސްއެފްއޯ) އަދި ކަނޑުމަސް ބްރައިންގައި ހަދާފައިވާ 1 ދަޅު ގެ އިތުރުން މަސްހުނި އެކްސްޓްރާ އޮއިލް، މަސްހުނި ނޯމަލް އަދި މަސްހުނި ޒީރޯ ޗިލީ ގެ ދަޅު ހިމަނާފައިވެއެވެ. މި ޕެކް ގެ އަގަކީ 150 ރުފިޔާއެވެ.
ރޯދަ ހަދިޔާ ޕެކް 2، 160 ރުފިޔާއަށް ލިބޭއިރު، މި ޕެކްގައި ހިމެނެނީ އޮލިވް އޮއިލްގައި ހަދާފައިވާ ކަޅު ބިލަ މަސް، ސަންފްލާވާ އޮއިލް އަދި ސަންޑްރައިޑް ޓޮމާޓޯގައި ހަދައިފައިވާ ކަނޑުމަސް، ސަންފްލާވާ އޮއިލް، ލެމަން އެންޑް ޕެޕާގައި ހަދާފައިވާ ކަނޑުމަސް، ސަންފްލާވާ އޮއިލް، ލެމަން އަދި ތައިމްގައި ހަދައިފައިވާ ކަނޑުމަހުގެ އިތުރުން ލޮނުމެދާއި ހާބް އަދި ސަންފްލާވާ އޮއިލްގައި ހަދާފައިވާ ކަނޑުމަސް ދަޅެވެ. މި ޕެކްގައި މީން ކޮންމެ ވައްތަރަކުން 2 ދަޅު ހިމެނެއެވެ.
ރޯދަ ހަދިޔާ ޕެކް 3 ގެ އަގަކީ 145 ރުފިޔާއެވެ. މި ޕެކްގައި މަސްހުނި އެކްސްޓްރާ ޗިލީ، މަސްހުނި، މަސްހުނި ޒީރޯ ޗިލީ، ހަބަނޭރޯގައި ހަދާފައިވާ ކަނޑުމަސް ދަޅު ގެ އިތުރުން ސަންފްލާވާ އޮއިލްގައި ހަދައިފައިވާ ކަނޑުމަސް ދަޅު ހިމެނެއެވެ. މިއިން ކޮންމެ ވައްތަރަކުން 2 ދަޅު މި ޕެކްގައި ހިމެނޭއިރު، ރޯދަ ހަދިޔާ ޕެކް 4 ގައި ހަދިޔާ ޕެކް 1 2 އަދި 3 ގައި ހިމެނޭ ހުރިހާ ރަހައެއްގެ ކޮންމެ ވައްތަރަކުން 1 ދަޅު ހިމެނެއެވެ. ރޯދަ ހަދިޔާ ޕެކް 4 ގެ އަގަކީ 150 ރުފިޔާއެވެ.
ރޯދަ ހަދިޔާ ޕެކް ގަތުމަށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު http://ore.do/maandhoomas ޒިޔާރަތްކޮށްގެން އޯޑަރު ކުރެވޭނެއެވެ.
އުރީދޫ އެޕް އަދި ވެބްސައިޓް މެދުވެރިކޮށް ރަމަޟާން މަހަށް ބޭނުންވާ ތަކެތި ގަތުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް މޫލީ އިން މަރުހަބާ ކިޔައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!