މާދަމާ ފަށާ ރޯދަ މަހަށް، އުރީދޫ މޯލްޑިވްސްގެ ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ހާއްސަ ހަދިޔާތަކާއި އޮފާތައް އިއުލާންކޮށްފިއެވެ.
ޏ.ފުވައްމުލަކު ތުނޑީގައި ބޭއްވި ހާއްސަ މާހެފުމުގެ ހަރަކާތެއްގައި އެކުންފުނިން މި އޮފާތައް އިއުލާނުކޮށްފައިވާއިރު، މި ހަރަކާތުގައި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒްގެ އިތުރުން ފުވައްމުލަކުގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ހާއްސަ އޮފާތަކުގެ އިތުރުން އެ ކުންފުނިން ވަނީ ފުވައްމުލަކުގެ ރީތިކަމާއި ސަގާފަތާއި ބަހުރުވަ ދައްކުވައިދޭ ރަމަޟާން ކެމްޕެއިން ވީޑިއޯ ވެސް ދައްކާލާފައެވެ. މި ކުރު ފިލްމުގެ މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކުގައޮ ކުރެވޭ ތަޖުރިބާގެ އަގު ވަޒަންކޮށް، ރަށްރަށުގެ ދިރިއުޅުން އެހެން ހަރުފަތަކަށް އަޕްގްރޭޑް ކުރުމަށް މުޖުތަމައުގެ ތެރޭގައި ހުރި ފުރުސަތުތަކުގެ ބޭނުން ހިފުމަށް ހިތްވަރު ދިނުން ކަމުގައި އެ ކުންފުނިން ބުންޏެވެ.
އުރީދޫގެ ސީއީއޯ އަދި އެމްޑީ ޚާލިދު އަލް ހަމާދީ ވިދާޅުވީ މި އަހަރުގެ ރަމަޟާން ކެމްޕެއިން ވީޑިއޯގެ ސަބަބުން ޖަޒީރާ މުޖުތަމަޢުތަކުގެ އެއްބައިވަންތަކަން އިތުރުވެ، ރާއްޖޭގެ ރީތި ރަށްތަކުގެ ކުރިއެރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްްވާ ކަމަށެވެ. އަދި އުރީދޫ މޯލްޑިވްސްއިން އަބަދުވެސް ދެމިތިބޭނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ކަސްޓަމަރުން ޑިޖިޓަލް ޙިދުމަތްތައް މެދުވެރިކޮށް އިތުރު ފުރުސަތުތަކާއި ގުޅުވާލަދީ، މުޖުތަމައުތަކުގެ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމުގެ ބައިވެރިއެއްގެ ގޮތުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސްއިން ރަމަޟާން މަހަށް ހާއްސަ އޮފާތަކުގެ ތެރޭގައި ހިމެނެނީ:
ހާދިޔާ ފޮށި: މި އޮފާގެ ދަށުން މި ރަމަޟާން މަހު އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓްގެ ހުރިހާ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ވެސް ހަދިޔާއެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން، އުރީދޫ އެޕްގައި ހިމަނާފައިވާ ހަދިޔާ ފޮށިން ކަސްޓަމަރުންނަށް ސްކޫޕީ ސައިކަލެއް، އައިފޯން 14 ޕްރޯ، 65" ޓީވީ، ހޯމްޕޮޑް މިނީ، 1 ޓީބީ އާ ހަމައަށް ހިލޭ ޑޭޓާ ގެ އިތުރުންވެސް ހާއްސަ ހަދިޔާތަކެއް ލިބިގެންދާނެއެވެ.
ކޮންމެ ކަސްޓަމަރަކަށް ވެސް ދުވާލަކު އެއްފަހަރު ހާދިޔާ ފޮށި ގޭމް ކުޅެވޭނެއެވެ.
ހާދިޔާ ފޮށި ކުޅުމަށް އުރީދޫ އެޕަށް ޒިޔާރަތްކޮށް ހަދިޔާ ފޮށި ހިޔާރުކޮށްލުމުން ފެންނަ ހަ ހަދިޔާ ފޮށިން ކޮންމެވެސް އެއް ފޮއްޓެއް ހިޔާރު ކޮށްލުމުން ކޮންމެވެސް ހަދިޔާއެއް ލިބިގެންދާނެއެވެ. ކޮންމެ ކަސްޓަމަރަކަށް ވެސް ދުވާލަކު އެއްފަހަރު ހަދިޔާ ފޮށި ހުޅުވައި ހަދިޔާއެއް ލިބޭނެއެވެ.
ރޯދަ ހަދިޔާ: ބަރަކާތްތެރި ރަމަޟާން މަސް ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ރަމަޟާން މަހުގެ ތެރޭގައި އާޗާ 750، އާޗާ 500 އަދި އުރީދޫ ޑޭޓާ 500 ޕެކް އެކްޓިވޭޓްކުރާ ކަސްޓަމަރުންނަށް ބޯނަސް ޑޭޓާ ގެ ގޮތުގައި 10ޖީބީ ޑޭޓާ ނުވަތަ 5ޖީބީ ޑޭޓާ ގެ އިތުރުން 200 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.
އާޗާ ޕްރީޕެއިޑް 750 ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް ދުވާލަކަށް 6 ޖީބީ ޑޭޓާ ލިބޭއިރު އާޗާ ޕްރީޕެއިޑް 500 ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް ދުވާލަކަށް 2 ޖީބީ ޑޭޓާ އަދި އުރީދޫ ޑޭޓާ 500 ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް 30 ދުވަހަށް 35 ޖީބީ ޑޭޓާ ލިބޭނެއެވެ. މި ޕެކްތަކަކީ ކަސްޓަމަރުންނަށް ހެޔޮ އަގުގައި އަދި ހަލުވި ސްޕީޑްގެ އިންޓަނެޓްގެ ހިދުމަތް ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕެކްތަކެކެވެ.
ސައޫދީގައި ތިއްބެވި އާއިލާއާއި ރައްޓެހިންނާއި ގުޅާލުމަށް ހާއްސަ ސައުދީ އައިޑީޑީ ޕެކް: އުރީދޫ ޕާސްޕޯޓާއެކު ކަސްޓަމަރުންނަށް އެންމެ ހެޔޮ އަގުގެ އައިޑީޑީ ރޭޓްތަކާއެކު މި ރަމަޟާން މަހު ސައޫދީ އަރަބިއްޔާގައި ތިއްބަވާ އާއިލާއާ އާއި ރަހުމަތްތެރިންނާއި ގުޅުން ބަދަހިކުރުމަށް އިތުރު ލުޔެއް ލިބިގެންދާނެއެވެ. އުރީދޫ ޕާސްޕޯޓް ސިމް އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރަކަށް ޒިޔާރަތް ކޮށްގެން އެކްޓިވޭޓް ކުރެވޭނެއެވެ.
ފިޠުރު ޒަކާތް: އެހެން އަހަރުތަކެކޭ އެއްފަދައިން، ކޮންމެތާކުންވެސް ފަސޭހަކަމާއިއެކު އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމް އުރީދޫއިން ވަނީ މިއަހަރުވެސް ފަހިކޮށްދީފައެވެ. އެމް-ފައިސާގެ ޚިދުމަތްތަކާއި އޮފަރތައް ބޭނުންކުރުމަށް ހުރިހާ ނެޓްވޯރކެއްގެ ކަސްޓަމަރުންނަށްވެސް އުރީދޫއިން މަރުހަބާކިޔައެވެ.
މީގެ އިތުރުން ޕްރީޕެއިޑް ކަސްޓަމަރުންނަށް ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށްވެސް ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭނެއެވެ. ޕްރީޕެއިޑް ބެލެންސް ބޭނުންކޮށްގެން ޒަކާތް ދައްކާލުމަށް 909#* އަށް ޑައަލް ކުރުމުން ޒަކާތް ދެެއްކޭނެއެވެ.
ނަމާދު އެލާޓް: މި ރަމަޟާން މަހު ވެސް ނަމާދު އެލާޓް ހިދުމަތް މެދުވެރިކޮށް ނަމާދު ވަގުތުތަކަށް ސަމާލުވުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެއެވެ. އެސްއެމްއެސް މެދުވެރިކޮށް ނަމާދު އެލާޓް އެކްޓިވޭޓްކޮށްލުމުން. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނެޓް ކުރިން ނަމާދު އެލަރޓް އެސްއެމްއެސް އެއްގޮތުގައި މުޅިން ހިލޭ ހޯއްދެވުމަށް “GO” ޖެއްސެވުމަށް ފަހު 4777 އަށް އެސްއެމްއެސް ކުރުމުން އެ ހިދުމަތް ލިބޭނެއެވެ.
އެމް-ފައިސާއިން ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކަށް ފައިސާ ދައްކާލުމުން %2 އާއި ހަމައަށް ދައިސާ އަނބުރާ ވޮލެޓަށް: އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން އެމް-ފައިސާ ބަލައިގަންނަ ހުރިހާ ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް މުޅި ރަމަޟާން މަހުގެ ތެރޭގައި ފައިސާ ދައްކާ ކޮންމެފަހަރަކު ފައިސާ ދައްކާ އަދަދުގެ %2 އާއި ހަމައަށް ފައިސާ އަބުރާ ވޮލެޓައް ލިބޭނެއެވެ.
އެމް-ފައިސާ މެދުވެރިކޮށް ބިދޭސީ މަސައްކަތްތެރިންނަށް އިފްތާރު ޕެކެއް ހަދިޔާކުރުން: ރަމަޟާން މަހަކީ އޯގާތެރިކަން އިތުރު ކުރަންވީ މަހެއްކަމުން، މި ރަމަޟާން މަހު މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އާ ގުޅިގެން މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތަކަށް ފަސޭހަކަމާއެކު އެމް-ފައިސާ މެދުވެރިކޮށް އިފްތާރް ޕެކް ހަދިޔާ ކުރެވޭނެއެވެ. ހަދިޔާ ކުރާ ޕެކްތައް ހަދިޔާ ކުރާ ދުވަހުގެ ޖެހިގެން އަންނަ ދުވަހު އެމްއެމްޑަބްލިއުއެމް އިން ބިދޭސީ މަސައްކަތްތެރިންނާއި ހަވާލުކުރާނެއެވެ.
ހަދިޔާކުރި އިފްތާރު ޕެކްތަކުގައި ރަމަޟާން މަހު ރޯދަ ވީއްލުމަށް އެހީތެރިވުމުގެ ގޮތުން ކާބޯތަކެތީގެ ޒަރޫރީ ބާވަތްތައް ހިމެނޭނެއެވެ.
ރަމަޟާން މަހު އުރީދޫ ކަސްޓަމަރުންނަށް ލިބޭ މި ހާއްސަ އޮފާތަކުގެ މައުލޫމާތާއި މި އޮފާތަކުގައި ބައިވެރިވުމުގެ ފުރުސަތު ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!