މި ފެށޭ ރޯދަ މަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުވައިގެން ހިދުމަތް ދޭނީ ހެނދުނު 9:30 އިން މެންދުރު 12:00 އާ ހަމައަށް ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބޭންކުން ބުނެފައިވާ ގޮތުގައި ރޯދަ މަހުގެ އިތުރުން ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަސް ނިމެންދެން ވެސް އެ ބޭންކުން ހިދުމަތް ދޭނީ މި ގަޑިތަކުގައެވެ.
މިއީ ބޭންކު ހުޅުވާފައި ހުންނަ ގަޑިތަކެވެ. ނަމަވެސް މިހާރާ އެއްގޮތަށް ސެލްފް ސާވިސް އޭޓީއެމްތަކުން ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބިގެންދާނެއެވެ. އަދި ރަށްރަށުގައި ތިބި ބޭންކުގެ އެޖެންޓުން މެދުވެރިކޮށްވެސް ރޯދަ މަހު ހިދުމަތް ލިބޭނެއެވެ.
އޮންލައިންކޮށް ބީއެމްއެލުން ދޭ ހިދުމަތްތަކުގެ ތެރެއިން ޓީޓީ އާއި މިސާރަ ޖަމާކޮށްދިނުމާއި ލޯކަލް ބޭންކު ޓްރާންސްފާ އަދި ބީއެމްއެލް ޗެކުތައް ޖަމާކުރުމުގެ ހިދުމަތް ރޯދަ މަހު 24 ގަޑިއިރު ލިބުނު ނަމަވެސް އެ ދުވަހަކު ޕްރޮސެސް ވާނީ އެ ދުވަހެއްގެ ހެނދުނު 11:00 ގެ ކުރިން ފޮނުވާ ރެކުއެސްޓުތަކެވެ. އޭގެ ފަހުން ފޮނުވާ ރެކުއެސްޓުތައް ޕްރޮސެސް ވާނީ ޖެހިގެން އަންނަ ދުވަހުއެވެ.
އެހެން ބޭންކުތަކުގެ ވެކު ދުވަހުން ދުވަހަށް ޖަމާވާނީ އެ ދުވަހެއްގެ ހެނދުނު 9:00 ގެ ކުރިން އޭޓީއެމްތަކަށް ޖަމާކުރުމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!