ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އިން ހޯލްސޭލްކޮށް ފިޔާ، އަލުވި އަދި ބިސް ވިއްކާ އަގު އިތުރަށް ހެޔޮކޮށްފިއެވެ.
އެ ކުންފުނިން ބުނީ އިއްޔެއިން ފެށިގެން ފިޔާ، އަލުވި އަދި ބިސް ކޭހުގެ އަގުން ފަސް އިންސައްތަ ހެޔޮ ކޮށްފައިވާ ކަމަށެވެ. އެ ބަދަލާއެކު މިހާރު ފިޔާ ބަސްތާއެއް 160 ރުފިޔާއަށް، އަލުވި ބަސްތާއެއް 240 ރުފިޔާއަށް އަދި ބިސް ކޭހެއް 280 ރުފިޔާއަށް ލިބޭނެއެވެ.
ކުރިން އެސްޓީއޯއިން ފިޔާ ބަސްތާއެއް ވިއްކީ 170 ރުފިޔާއަށެވެ. އަދި އަލުވި ބަސްތާއެއް 250 ރުފިޔާއަށް ވިއްކި އިރު، ބިސް ކޭހެއް ވިއްކީ 290 ރުފިޔާއަށެވެ.
އެސްޓީއޯއިން ބުނި ގޮތުގައި މިއީ ރޯދަމަހަށް އެސްޓީއޯގެ މުދާ އާންމުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އަޅާފައިވާ ފިޔަވަޅެކެވެ.
އެސްޓީއޯއިން ބުނީ ފިޔާ، އަލުވި އަދި ބިސް ރީޓެއިލްކޮށް މިވަގުތު ލިބެން ހުންނާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ހޯލްސޭލް ސެންޓަރުން ކަމަށާއި ވިޔަފާރިވެރިންނަށް ހާއްސަކޮށް، ހޯލްސޭލްކޮށް އެސްޓީއޯގެ ހޯލްސޭލް ސެންޓަރުގެ އިތުރުން އިންޑަސްޓްރިއަލް ވިލެޖުންނާއި ހުޅުމާލޭގެ ރޯދަ މާޓުން ލިބޭނެ ކަމަށެވެ.
ރީޓެއިލް އަގުގައި އެސްޓީއޯއިން ފިޔާ ކިލޯއެއް ވިއްކަނީ 9ރ. ރ އަށެވެ. އަލުވި ކިލޯއެއް 11ރ. އަށް އަދި ބިހެއް ވިއްކަނީ 1.75 ރ. އަށެވެ.
އެސްޓީއޯ އިން އަންނަނީ ކޮންމެ ރޯދަ މަހަކުވެސް މިފަދަ ތަކެތީގެ އަގު އުފުލުނަ ނުދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!