އަންނަ ހުކުރު ދުވަހު (މާދަމާ)، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުން މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
މިއީ އެ ބޭންކުގެ މުވައްޒަފުން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. އެގޮތުން އާޓިފިޝަލް ބީޗް، ކާނިވާ ސަރަހައްދު، އިންޑަސްޓްރިއަލް ޒޯން، ރަސްފަންނުގެ އިތުރުން ލޯކަލް މާކެޓް ސަރަހައްދުވެސް ހިމެނޭހެން އާންމު ތަންތަނާއި މޫދު ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމްގައި ބޭންކުގެ 200 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
މި ހަރަކާތުގެ ދަށުން މާލޭގެ 12 ސަރަހައްދެއް ސާފުކުރުމަށްވަނީ ހަމަޖެހިފައެވެ.
މިއީ ކޮންމެ އަހަރަކު މާޗު މަހުގެ 20 ވަނަ ދުވަހު ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ އިންޓަނޭޝަނަލް ޑޭ އޮފް ހެޕިނަސްއާ ގުޅިގެން ބާއްވާ ހަރަކާތެކެވެ.
މާލޭގެ އިތުރުން ށ. ފުނަދޫ، ނ. ހޮޅުދޫ، ކ. މާފުށި، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ އާއި ގދ. ތިނަދޫގައިވެސް ސާފުކުރުމުގެ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ބޭންކުގެ މުވައްޒަފުން އަންނަނީ ދޭތެރެދޭތެރެއިން މިފަދަ ހަރަކާތްތައް ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!