19 އަހަރުން ދަށުގެ ގައުމީ ހޭންޑްބޯލް ސްކޮޑަށް ކުދިން ހޮވުމަށް ނިންމައި، އެކަމަށް ބޭނުންވާ ކުދިންނަށް ފުރުސަތު ހުޅުވާލައިފިއެވެ.

ހޭންޑް ބޯލް މޯލްޑިވްސް އިން ދިވެހިސަރުކާރުގެ ގެޒެޓުގައި ބުނެފައިވަނީ 19 އަހަރުން ދަށުގެ އަންހެން/ފިރިހެން ޤައުމީ ހޭންޑްބޯލް ސްކޮޑް އެކުލަވާލުމަށް ނިންމާފައިވާ ކަމަށެވެ.

Ad
rt

އެކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް، އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 މި ސްކޮޑުގައި ބައިވެރިވުމަށް ގޫގަލް ފޯމެއް ހަދާފައިވާއިރު، ސްކޮޑުގައި ބައިވެރިވެވޭނީ 2004 ވަނަ އަހަރު އުފަންވެފައިވާ ކުދިންނަށާއި 2005 ވަނަ އަހަރު އުފަންވެފައިވާ ކުދިންނަށް ކަމަށް ވެސް ހޭންޑްބޯލް މޯލްޑިވްސް އިން ބުނެއެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް 9879555 ގުޅުމަށް ވަނީ އެދިފައެވެ.

ގޫގަލް ފޯމް ލިންކް: https://forms.gle/xWy5sVpFSGTL2aRk9