އޫރީދޫ މޯލްޑިވްސް އިން ރާއްޖެއަށް ވައިފައި ކޯލިން ތައާރަފްކޮށްފިއެވެ.

މިއީ ރާއްޖެއަށް މުޅިން އަލަށް ތައާރަފް ކުރެވޭ ހިދުމަތެކެވެ. މި ހިދުމަތް ތައާރަފްކޮށްފައިވަނީ މިރޭ ކުރިއަށްދާ "އޫރީދޫ ކަލަރ ރަން" މިއުޒިކް ފެސްޓިވަލުގެ ތެރެއިން ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އަދި އޫރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ހާންއެވެ.

Ad
rt

ވައިފައި ކޯލިން ބޭނުންކޮށްގެން ކަސްޓަމަރުންނަށް އެޗްޑީކޮށް އޫރީދޫ ކޯލިން ރޭޓުތަކާއި އެއް އަގެއްގައި ރޭންޖުޑަށް ހިސާބުތަކުގައި ތިބޭ ފަރާތްތަކަށް ގުޅާލެވޭނެއެވެ.

މި ހިދުމަތް ލިބޭނީ އައިފޯން، ސެމްސަންގު އަދި ވަން ޕްލަސްގެ ފަހުގެ ފޯނުތަކަށެވެ.