ހުޅުމާލެ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ހިޔާ ކޮމިއުނިޓީ އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ހިޔާ ސަރަހައްދުގެ ގޮނޑުދޮށާއި ފަޅުތެރެ ސާފުކުރުމުގެ ހަރަކާތެއް މިއަދު ހެނދުނު ބާއްވައިފިއެވެ.

މި ހަރަކާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފު ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

އެޗްޑީސީން ބުނީ މި އަހަރު ތެރޭގައި ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވައްސައް މީހުން އާބާދުވަމުން އައުމާއިއެކު މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ އަސާސީ އެންމެހާ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް އެޗްޑީސީން ދަނީ ކުރަމުންނެވެ. އެގޮތުން މިހާރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގެ ރައްޔިތުންނަށް ބޭނުންވާނެ އަސާސީ ހިދުމަތްތަކާއި ވަނީ ފޯރުކޮށްދީފައެވެ.

އެޗްޑީސީން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދު ތަރައްގީ ކުރަން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ނުކުޅުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށް ވީލްޗެއާ ރޭމްޕްތަކެއް ހެދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.